ކ. މާލެ
|
3 ފެބްރުއަރީ 2019 | އާދީއްތަ 09:32
އެމްއެންޑީއެފްގެ ޢިންޓަރ ޔުނިޓް ފުޓްބޯޅަ މުބާރާތް މިނިސްޓަރ ފައްޓަވައިދެއްވަނީ
އެމްއެންޑީއެފްގެ ޢިންޓަރ ޔުނިޓް ފުޓްބޯޅަ މުބާރާތް މިނިސްޓަރ ފައްޓަވައިދެއްވަނީ
މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް
އެމްއެންޑީއެފް ބަޔާން
އެމްއެންޑީއެފްގެ އިންޓަރ ޔުނިޓް ފުޓްބޯޅަ މުބާރާތް ފެށިއްޖެ!
އެމްއެންޑީއެފްގެ ޔުނިޓް ފުޓްބޯޅަ މުބާރާތް ފެށުން
މި މުބާރާތުގައި ދެ ޑިވިރަނަކަށް ކުޅޭނެ

އެމްއެންޑީއެފްގެ އިންޓަރ ޔުނިޓް ފުޓްބޯޅަ މުބާރާތް ކުލަގަދަ ރަސްމިއްޔާތަކާއިއެކު ރޭ ފަށައިފިއެވެ.

އެފްއޭއެމް އެއް ނަމްބަރު ޓާރފް ދަނޑުގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

ކޮމާންޑަރ އިސްމާޢީލް ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ކުޅެވޭ އެމްއެންޑީއެފް އިންޓަރ ޔުނިޓް 16 ވަނަ ފުޓްބޯޅަ މުބާރާތަކީ ދެ ޑިވިޜަންއަކަށް ބަހާލެވިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

މި އަހަރުގެ މުބާރާތުގައި ފުރަތަމަ ޑިވިޜަންގެ ފަސް ޓީމާއި، ދެވަނަ ޑިވިޜަންގެ ހަތް ޓީމް ވާދަކުރެއެވެ. މި ހިނގާ ފެބްރުއަރީ މަހުގެ ދޭކުން 24 ގެ ނިއަލަށް ކުރިއަށް ގެންދާ މި މުބާރާތުގެ މެޗުތައް ކުޅޭނީ އެފްއޭއެމް އެއް ނަމްބަރު ޓާރފްގައެވެ.

އެމްއެންޑީއެފްއުން މައުލޫމާތު ދޭ ގޮތުގައި، މި މުބާރާތުގެ ފުރަތަމަ ޑިވިޜަންގައި ހިމެނެނީ، ފަޔަރ އެންޑް ރެސްކިއު ސަރވިސް، ޕްރެސިޑެންޝަލް ގާޑް އަދި ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ކޮމްބައިން ޓީމް، ސްޕެޝަލް ފޯސަސް މާލޭ އޭރިއާގެ އިތުރުން ކޯސްޓްގާޑެވެ.

ގިނަ ޓީމުތަކެއް ހިމެނޭ ދެވަނަ ޑިވިޜަންގައި ކުޅޭނީ، ބޭންޑް އެންޑް މިއުޒިކް ވިންގާއި ޑިފެންސް އިންޓެލިޖެންސް ސަރވިސް އަދި ދިވެހި ސިފައިންގެ ކުލަބުގެ ކޮމްބައިން ޓީމު، މިލިޓަރީ އިންޖިނިއާސް، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއާސް، މިލިޓަރީ ޕޮލިސް އަދި ސިފްކޯ ކޮމްބައިން ޓީމް، ސިގްނަލް އަދި ސެނަހިޔާ އަދި ސަޕްލައި ސަޕޯޓް ސަރވިސްގެ ކޮމްބައިން ޓީމް، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް އަދި މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްގެ ކޮމްބައިން ޓީމްގެ އިތުރުން އިންޓެގްރޭޓެޑް ހެޑްކުއޯޓާރޒްގެ ޓީމެވެ.

 ރޭގެ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފްގެ އިތުރުން އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ދިވެހި ސިފައިންގެ ކުލަބުގެ ރައީސް ކާނަލް ޢަބްދުއްރަޢޫފާއި އެހެނިހެން ރޭންކުތަކުގެ އޮފިސަރުންގެ އިތުރުން ގިނައަދަދެއްގެ ސިފައިންނާއި މުބާރާތުގެ ޓީމުތަކުން ބައިވެރިވި ކަމަށް ވެސް އެމްއެންޑީއެފްއުން މައުލޫމާތުދެއެވެ.

 މުބާރާތް ފެށުމުގެ ގޮތުން ރޭ ކުޅުނު މެޗުގައި ބައްދަލު ކުރީ ފުރަތަމަ ޑިވިޜަންގެ ދެ ޓީމް ކަމަށްވާ ސްޕެޝަލް ފޯސަސްގެ ޓީމާއި، މާލޭ އޭރިއާގެ ޓީމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް