ކ. މާލެ
|
3 ފެބްރުއަރީ 2019 | އާދީއްތަ 15:16
ވޮލީބޯލް އެސޯސިއޭޗޝަން ކަޕް 2019 ގެ ޗެމްޕިއަން ޓީމް، ވެމްކޯ
ވޮލީބޯލް އެސޯސިއޭޗޝަން ކަޕް 2019 ގެ ޗެމްޕިއަން ޓީމް، ވެމްކޯ
ހާފް ކޯޓް މޯލްޑިވްސް
ވޮލީބޯލް އެސޯސިއޭޝަން ކަޕް
ވޮލީބޯލް އެސޯސިއޭޝަން ކަޕް: ޗެމްޕިއަންކަން ވެމްކޯ ހޯދައިފި
އަންހެން ޑިވިޝަނުގެ ޗެމްޕިއަން ކަން ވެމްކޯ ހޯދުން
މުބާރާތުގެ މޯސްޓް ވެލިއުބަލް ޕްލޭއާ ހައްވާ ރާޝިދާ

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގައި ޕޮލިސް ކްލަބް ބަލިކޮށް ވެމްކޯ ޗެމްޕިއަން ކަން ހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި ޕޮލިސް ކްލަބާއި ވާދަކޮށް ވެމްކޯ، އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަން ކަން ހޯދީ ތިން ސެޓު އެއް ސެޓުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު ވެމްކޯ ގެންދިޔައީ 25-23 ޕޮއިންޓުންނެވެ. ދެވަނަ ސެޓު ޕޮލިސް ކްލަބުން ފަސޭހަ ކަމާއި ގެންދިޔައީ 25-17 ޕޮއިނަޓުންނެވެ.

ތިންވަނަ ސެޓުގައި ވެމްކޯ ކުޅުން ރަނގަޅުކޮށް 26-24 ޕޮއިންޓުން ގެންދިޔައިރު، ފަހު ސެޓު ވެމްކޯ ގެންދިޔައީ 27-25 ޕޮއިންޓުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ ޖާޒީ ނަމްބަރު ހަތެއް އައިމިނަތު އަރީޝާއެވެ.

މުބާރާތުގެ ތިންވަނަ ލޮރެންޒޯއަށް ލިބުންއިރު، ހަތަރުވަނަ ލިބުނީ ޓީމް އަލްމާއަށެވެ.

މި އަހަރުގެ އެސޯސިއޭޝަން ކަޕްގެ ޑްރީމް ޓީމްގެ މަގާމްތަކަށް ހޮވިފައިވަނީ ބެސްޓް އައުޓްސައިޑް އެޓޭކާ، ޕޮލިސް ކްލަބްގެ ޖާޒީ ނަމްބަރު ހައެއް ހައްވާ ރާޝިދާ، ދެވަނަ ބެސްޓް އައުޓްސައިޑް އެޓޭކާ، ވެމްކޯގެ ޖާޒީ ނަމްބަރު 10އެއް އައިޝަތު މާޖިދާ، ތިންވަނަ ބެސްޓް އައުޓްސައިޑް އެޓޭކާ، ވެމްކޯގެ ޖާޒީ ނަމްބަރު ހަތެއް އައިމިނަތު އަރީޝާ، އެންމެ މޮޅު ސެޓަރު، ލޮރެންޒޯގެ ޖާޒީ ނަމްބަރު ހަތެއް ފާތިމަތު ޖޫޒާން ޒަރީރު، ބެސްޓް މިޑްލް ކުޅުންތެރިޔާ، ލޮރެންޒޯގެ ޖާޒީ ނަމްބަރު ނުވައެއް ހައްވާ ސަޚާ، ދެވަނަ ބެސްޓް މިޑްލް ކުޅުންތެރިޔާ، ޕޮލިސް ކްލަބްގެ ޖާޒީ ނަމްބަރު 16 ޙަދީޖާ އިބްރާހިމް، އެންމެ މޮޅު ލިބަރޯ، ޕޮލިސް ކްލަބްގެ ޖާޒީ ނަމްބަރު ދޭއް ނުހާ ވަހީދް، މޯސްޓް ޕްރޮމިސިން ކުޅުން ތެރިޔާ ޕޮލިސް ކްލަބްގެ ޖާޒީ ނަމްބަރު ނުވައެއް އައިމިނަތު ޝާޙް އަދި މޯސްޓް ވެލިއުބަލް ކުޅުންތރިޔަކަށް ޕޮލިސް ކްލަބްގެ ޖާޒީ ނަމްބަރު ހައެއް ހައްވާ ރާޝިދާއެވެ.

ރީތި އަދި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗަށްފަހު އެސޯސިއޭޝަން ކަޕް ނިންމުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެށްވީ ޖެންޑާ މިނިސްޓާ ޝިދާތާ ޝަރީފެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް