ކ. މާލެ
|
2 ފެބްރުއަރީ 2019 | ހޮނިހިރު 18:00
ފަތުރުވެރިކަމާއިބެހޭ ވަޒީރު އަލީ ވަހީދު
ފަތުރުވެރިކަމާއިބެހޭ ވަޒީރު އަލީ ވަހީދު
މިއުނާ ހަސަން
ސްވިމިންގް
ބާ ބީއާރް ކްރޯލްސް 2019: ބ.އަތޮޅުގައި ފަށައިފި
އެނަމާ ބޯއްޓު ހާދިސާފަދަ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް ފަތަން އެނގުން މުހިންމު
ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވާފައި

"ބާ ބީއާރް ކްރޯލްސް 2019" ދިގު ފެތުމުގެ ބޮޑު ހަރަކާތް ބ.އަތޮޅުގައި ފަށައިފިއެވެ. 

ސްވިމް މޯލްޑިވްސް އާއި ފަތުރުވެރިކަމާއިބެހޭ ވުޒާރައިން ގުޅިގެން ކުރިއަށް ގެންދާ "ބާ ބީއާރް ކްރޯލްސް 2019" އަކީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޑުކުރުމަށް ކުރިއަށް ގެންދާ ބޮޑު ފެތުމުގެ ހަރަކާތެކެވެ.

މި ހަރަކާތުގައި ބ.އަތޮޅުގެ 23 ރަށަކަށް ފެތުމަށް ވަނީ ރޭވިފައެވެ. ހަތް ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ މިހަރަކާތަކީ ބ.އަތޮޅު ބަޔޯސްފިޔާގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ހަރަކާތެކެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަހީދު ވަނީ އޫރިދޫ އާއި ސްވިމް އެސޯސިއޭޝަން ގުޅިގެން ފެތުން ކުޅިވަރެއްގެ ގޮތުގައި ކުރިއެރުވުމުގެ މަގުސަދުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމް ފަތާލަމާގެ ލޯގޯވެސް މި ހަރަކާތުގެ ތެރެއިން އިފްތިތާހު ކޮށްދެއްވާފައެވެ

ބާ ބީއާރް ފެތުމުގެ ހަރަކާތް ފެށުމަށްޓަކައި، ހަރަކާތުގެ ބައިވެރިން ތައްޔާރުވެފައި

މި ހަރަކާތުގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، މި އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އިންގިލާބު ގެނުވާނެ އަހަރަކަށް ވެގެންދާނެ ކަމަށާއި، އެގޮތުން މި އަހަރު ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޭރުގެ ގައުމުތަކުގައި އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވާފައި ކަމަށެވެ.

މީގެއިތުރުން އަލީ ވަހީދު ވިދާޅުވީ ރައީސް އިބްރާހިމް ސޯލިހަކީ ހަށިހެޔޮ، ދުޅަހެޔޮ ކަމަށް އިސްކަންދެއްވާ ބޭފުޅެއް ކަމަށާއި، ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު، ރާއްޖޭގެ ރައްޔިތުންނަކީ ހުރިހާ ގޮތަކުން ކުރިއަރާފައިވާ ބަޔަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.  

އަލީ ވަހީދު ވިދާޅުވީ، ސިއްހަތަށް ފައިދާ ހުރި ކަންކަމުގައްޔާ، ރާއްޖޭގެ އެކި ތަންތަން ޑެސްޓިނޭޝަންތަކެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުރަންޖެހޭ ކަންކަމުގައި އަމަލީ ސިފަ ޖެހުމާ ހަމައަށް ޕްރައިވެޓް ސެކްޓާގައި ތިބި ކުންފުނިތަކުން ގެންނަ ހިޔާލުތަކަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން އެހީތެރިވާނެ ކަމަށެވެ.

ބާ ބީއާރް ފެތުމުގެ ހަރަކާތުގެ ތެރެއިން
 
 

އަލީ ވަހީދު ވިދާޅުވީ، ދިވެހިރާއްޖެއަކީ ވަށައިގެން ކަންޑުއޮތް ގައުމެއް ކަމުން، ދިވެހި ކޮންމެ ރައްޔިތަކީ ފަތަން ދަންނަ ރައްޔިތަކަށްވުން މުހިއްމުކަމަށާއި، އެނަމާ ބޯއްޓު ހާދިސާފަދަ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް ހުރިހާ ރައްޔިތުންވެސް މަސައްކަތް ކުރަން ވާނެކަމަށެވެ.

ފަތުރުވެރިކަން ޕްރޮމޯޓް ކުރުމުގެ މަގްސަދުގައި ބާރޑްސްއައި ވިއުގައި ޕެރެމޯޓަލްސް ބޭނުންކޮށްގެން މާޗު މަހުގެ ތެރޭގައި ހ.އ ތުރާކުނުން އައްޑޫ ސިޓީއާ ހަމައަށް މުޅި ރާއްޖެ ފެންނަ ފޮޓޯއެއް ނެގުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޫރިދޫގެ ޑިރެކްޓާ އޮފް ސޭލްސް ހުސައިން ނިޔާޒް ވިދާޅުވީ، ރާއްޖޭގައި ފެތުން ކުޅިވަރެއްގެ ގޮތުގައި ގިނަ ބަޔަކަށް ސިފަ ނުވާ ކަމަށާއި، އެކަމަށް ނިމުމެއްގެނެސް ފެތުން ކުޅިވަރެއްގެ ގޮތުގައި ވަރުގަދަ ކުރުމަށް އޫރިދޫގެ ފަރާތުން ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ސްވިމް އެސޯސިއޭޝަނަށް ފޯރު ކޮށްދޭނެ ކަމަށެވެ. 

ފަތުރުވެރިކަން ކުރި އެރުވުމާއި، ފަންނީ އަދި އިލްމީ ގޮތުން ގައުމު ކުރިއެރުވުމަކީ މިހާރުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ކަމެވެ. 

 
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް