ކ. މާލެ
|
2 ފެބްރުއަރީ 2019 | ހޮނިހިރު 05:33
ރައިޔަން މެކްލަރެން
ރައިޔަން މެކްލަރެން
ގޫގުލް
ކްރިކެޓް
މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ރައިޔަން ފަސްޓް ކްލާސް ކްރިކެޓް ކުޅުމާ ދުރަށް
ފަސްޓް ކްލާސް ކްރިކެޓާއި ދުރަށް ޖެހިލިނަމަވެސް ކުރިއައް އޮތްތާގައި އަދިވެސް ކްރިކެޓުން ފެންނާނެ

ސައުތު އެފްރިކާގެ އޯލް-ރައުންޑް ރައިޔަން މެކްލަރެން ފަސްޓްކްލާސް ކްރިކެޓު ކުޅުން ހުއްޓާލުމަށް ނިންމިކަން އިއުލާން ކޮށްފިއެވެ.

އޭނާ އެކަން އިއުލާން ކޮށްފައި މިވަނީ އޭނާގެ 36ވަނަ އުފަންދުވަސް އައުމަށް ނުވަ ދުވަހަށް ވެފައިވަނިކޮށެވެ.

ފަސްޓް ކްލާސް ކްރިކެޓުގައި ރައިޔަން ވަނީ 54 އިންޓަނޭޝަނަލް، 12 ޓްވެންޓީސް އަދި 2 ޓެސްޓް އޭނާގެ ގައުމަށް ކުޅެދީފައެވެ.

ކްރިކެޓްގެ މަތީ ފަންތީގައި ކުޅެމުން އަންނަ މި ކުޅުންތެރިޔާވަނީ ސައުތު އެފްރިކާގެ އިތުރުން އިނގިރޭސިވިލާތުގައިވެސް ކްރިކެޓް ކުޅެދީފައެވެ.

ރައިޔަން މެކްލަރެން

ރައިޔަން ބުނެފައިވަނީ އޭނާއަށް ގިނަ އަދަދެއްގެ މީހުން ފަރާތުން ގިނަ ފިލާވަޅުތަކެއް ލިބިއްޖެކަމަށާއި، މިއީ ފަސްޓް ކްލާސް ކްރިކެޓާއި ދުރަށްޖެހިލަންވީ ވަގުތު ކަމަށެވެ.

އިތުރަށް އޭނާ ބުނެފައިވަނީ ގައުމުގެ އެންމެ މޮޅެތި ކުޅުންތެރިންނާއިއެކު ކުޅެލަން ލިބުމަކީ ފަހުރެއް ކަމަށެވެ.

އޭނާ ބުނެފައިވަނީ އޭނާގެ އާއިލާ އާއި، އަނބިމީހާ އަދި ކޯޗުންނާއި ޓީމުގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމުގެ އަގުވަޒަން ކުރާކަމަށެވެ.

ފަސްޓް ކްލާސް ކްރިކެޓާއި ދުރަށް ޖެހިލިނަމަވެސް ކުރިއަށް އޮތްތާގައި އަދިވެސް ކްރިކެޓުން އޭނާ ފެންނާނެ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް