ކ. މާލެ
|
31 ޖެނުއަރީ 2019 | ބުރާސްފަތި 20:39
އޭކްތާ ކަޕޫރު
އޭކްތާ ކަޕޫރު
ގޫގުލް
ބޮލީވުޑް
އޭކްތާ ކަޕޫރަށް ފިރިހެން ދަރިއަކު ލިބިއްޖެ
އެކްތާ އަށް ދަރިއަކު ލިބިފައިވަނީ ސަރޮގޭޓްއެއް މެދުވެރިކޮށް

ފިލްމް އަދި ގިނަ ޑްރާމާ ސީރީޒްތަކެއް އުފައްދާފައިވާ މަޝްހޫރު ޕްރޮޑިއުސަރ އޭކްތާ ކާޕޫރަށް ފިރިހެން ދަރިއަކު ލިބިއްޖެއެވެ.

އެކްތާ 43، އަށް ދަރިއަކު ލިބިފައި ވަނީ ސަރޮގޭޓްއެއް މެދުވެރިކޮށެވެ. އަދި ދަރިފުޅުގެ ހާލު ރަނގަޅު ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި މަހުގެ 27 ގައި އުފަންވި މި ތުއްތު ދަރިފުޅަށް މަރުހަބާ ކިއުމަށް ކަޕޫރު އާއިލާ އިން ދަނީ ތައްޔާރުވަމުންނެވެ.

މި ބޭބީގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި މިހާތަނަށް ހިއްސާކޮށްފައެއް ނުވެއެވެ.

އޭކްތާގެ ފިރިހެން ކޮއްކޮ ތުޝާރު ވެސް ވަނީ ސަރޮގޭޓްއެއް މެދުވެރިކޮށް މީގެ ތިން އަހަރު ކުރިން  އަންހެން ދަރިއަކު ހޯދާފައެވެ.

މި ދެ މީހުން ވެސް މިހާތަނަށް ދުވަހަކު ވެސް ކައިވެންޏެއް ކޮށްފައެއް ނުވެއެވެ.

އޭކްތާ އާއި ތުޝާރުއަކީ ކުރީގެ މަޝްހޫރު އެކްޓަރ ޖީތަންދްރާގެ ދަރިންނެވެ.

އޭކްތާ މި ވަގުތު ދަނީ ސްޓާޕްލަސް އިން ދައްކާ މަޝްހޫރު ޓީވީ ޝޯ "ކަސައުޓީ ޒިންދަގީ" ޕްރޮޑިއުސް ކުރަމުންނެވެ. މީގެ އިތުރުން ޓީވީ ޝޯތައް ކަމަށްވާ "ނާގިން ސީޒަން 3"، ދިލް ހީތޮހޭ" އަދި "ގަޔާމަތްކީ ރާތް" ދަނީ ޕްރޮޑިއުސް ކުރަމުންނެވެ.

އެކްތާ އެންމެ ފަހުން އުފައްދާފައިވާ ބޮލީވުޑް ފިލްމްތަކަކީ "ވީރޭ ދި ވެޑިން" އަދި "ލައިލާ މަންޖޫ" އެވެ. އޭކްތާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި ކަންގަނާ ރަނައުތް އަދި ރާޖް ކުމާރު ރާއޯ ލީޑް ރޯލުން ފެނިގެންދާ "މެންޓަލް ހޭ ކިޔާ",  އަޔުޝްމަން ކުރާނާގެ "ޑްރީމް ގާލް" އަދި ސިދާތް މަލޯތްރާ އާއި ޕަރިނީތީ ޗޯޕްޅާގެ "ޖަބަރިޔާ ޖޯޅީ" ހިމެނެއެވެ.

 

- ކޮމެންޓް