ކ. މާލެ
|
14 ފެބްރުއަރީ 2017 | އަންގާރަ 21:52
އެންޓިކޮރަޕްޝަން ކޮމިޝަން: މިދިޔައަހަރު އެންމެ ގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަތައް
އެންޓިކޮރަޕްޝަން ކޮމިޝަން: މިދިޔައަހަރު އެންމެ ގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަތައް
ސަން އޮންލައިން
އޭސީސީ
މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ
މިދިޔަ އަހަރު ޕްރޮކިޔުމެންޓާ ގުޅޭ 320 މައްސަލަ ރަޖިސްޓްރީ ކުރެވިފައިވޭ
ދެވަނައަށް އެންމެ ގިނައިން އޭސީސީގައި ރަޖިސްޓްރީ ކުރެވިފައިވަނީ ވަޒީފާއާގުޅޭ މައްސަލަތައް

މިދޔަ 2016 އަހަރު އެންމެ ގިނައިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ރަޖިސްޓްރީ ކުރެވިފައިވަނީ ޕްރޮކިޔުމެންޓާ ގުޅޭ މައްސަލަތައްކަން ފާހަގަކުރެވިފައިވާކަމަށް އެކޮމިޝަނުން ބުނެފިއެވެ.

އެކޮމިޝަނުން ބުނީ 2016 ވަނަ އަހަރު ޕްރޮކިޔުމެންޓާ ގުޅޭ 320 މައްސަލަ ރަޖިސްޓްރީ ކުރެވިފައިވާ ކަމަށާއި އެއީ  2015 ވަނަ އަހަރު ރަޖިސްޓްރީ ކުރެވުނު މިންވަރާ އަޅައިބަލާއިރު ޕްރޮކިއުމަންޓާ ގުޅޭ މައްސަލަތައް ހުށަހެޅުނު ނިސްބަތް 11.5 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. އަދި  2015 ވަނަ އަހަރުގެ ތެރޭގައި ރަޖިސްޓްރީ ކުރެވިފައިވަނީ ޕްރޮކިއުމަންޓާ ގުޅޭ 287 މައްސަލަކަމަށް އޭސީސީން ބުންޏެވެ.

މިދިޔަ އަހަރު ދެވަނައަށް އެންމެ ގިނައިން އޭސީސީގައި ރަޖިސްޓްރީ ކުރެވިފައިވަނީ ވަޒީފާއާގުޅޭ މައްސަލަތަކެވެ. އޭގެތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަޒީފާދިނުމާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަޒީފާއިން ވަކިކުރުމާއި، އަދި އުޞޫލުތަކުގެ ބޭރުން ޕްރޮމޯޝަން ދިނުން ފަދަ ކަންކަމަށް ތުހުމަތުކޮށް ހުށަހެޅިފައިވާ މައްސަލަތައް ހިމެނޭކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އޭސީސީން ބުނީ ވަޒީފާއާގުޅޭ 105 މައްސަލައެއް 2016 ވަނަ އަހަރު ކޮމިޝަންގައި ރަޖިސްޓްރީ ކުރެވިފައިވާއިރު 2015 ވަނަ އަހަރު ވަޒީފާއާއި ގުޅޭ 156 މައްސަލަ ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވިފައިވާކަމަށެވެ.
މީގެ އިތުރުން 2016 ވަނަ އަހަރު ގޯތިގެދޮރާއި، ކުއްޔަށް ދޫކުރެވޭ ބިމާއި، ރަށްތަކާއި ގުޅޭ ޖުމްލަ 141 މައްސަލައެއް ރަޖިސްޓްރީ ކުރެވިފައިވާ ކަމަށާއި އެހެނިހެން ތަފާތު ބާވަތްތަކުގެ 354 މައްސަލައެއް 2016 ވަނަ އަހަރު ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވިފައިވާކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ.

- ކޮމެންޓް