ރާއްޖެއަށް އެންމެ ފުރަތަމަ ގަނޑުކުރި ކުކުޅު އެތެރެކުރަންފެށި ހެޕީ މާކެޓައް 27 އަހަރު ފުރުމުގެ މުނާސަބަތުގައި، ހެޕީމާކެޓުން ވިއްކާ ކުކުޅު ވަރަށް ބޮޑަށް އަގުހެޔޮ ކޮއްފިއެވެ.
އެގޮތުން ކުކުޅު ކޭހަކުން 30 ރުފިޔާ އަގުހެޔޮ ކޮއްފައިވެއެވެ. ހެޕީމާކެޓުން ދަނީ 3 ގައުމަކުން ރާއްޖޭގެ ބާޒާރަށް ގަނޑުކުރި ކުކުޅު އެތެރެކޮށް ވިއްކަމުންނެވެ. އޭގެ ތެރޭގައި ބްރެޒިލް އިން އިމްޕޯޓް ކުރާ ސިއެރާ އަދި ފްރެންގެސޯލް ބްރޭންޑްގެ ގަނޑުކުރި ކުކުޅާއި، ރަޝިޔާ އިން އިމްޕޯޓް ކުރާ އަން ނޫރް ބްރޭންޑްގެ ގަނޑުކުރި ކުކުޅު އަދި އިންޑިއާ އިން އިމްޕޯޓް ކުރާ ވެންކީސް ބްރޭންޑްގެ ގަނޑުކުރި ކުކުޅު ހިމެނެއެވެ.
ހެޕީމާކެޓުން މައުލޫމާތު ދިން ގޮތުގައި މި ތިން ބްރޭންޑްގެ ހޯލް ޗިކަންގެ 800ގމ، 900ގމ، 1000ގމ، 1200ގމ، 1400ގމ ލިބެން ހުންނާނެއެވެ. މީގެ އިތުރުން އެންމެ ކޮލިޓީ ރަނގަޅު ޗިކަން ލިވަރ، ޗިކަން ތައި، ޗިކަން ޑްރަމްސްޓިކް، ޗިކަން ސޮސެޖް، ޗިކަން ނަގެޓްސް، ޗިކަން ގިޒާޑްސް، ޗިކަން ވިންގްސްވެސް ވަރަށް އަގުހެޔޮކޮށް ހެޕީމާކެޓުން ދަނީ ވިއްކަމުންނެވެ.
މިވަގުތު ރާއްޖޭގެ ބާޒާރުގައި ތަފާތު އެކި ބްރޭންޑްގެ ގަނޑުކުރި ކުކުޅު ލިބެން ހުރިއިރު، ހެޕީމާކެޓުން ކުކުޅު އަގުހެޔޮ ކުރުމުން، މިވަގުތު އެންމެ އަގުހެޔޮކޮށް ކުކުޅު ވިއްކާ ބަޔަކަށް ހެޕީމާކެޓް ވާނެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ އެންމެ ކޮލިޓީ ރަނގަޅު ގިނަ އަދަދެއްގެ ކެއިން ބުއިމުގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށް ވިއްކަމުން އަންނަތާ 27 އަހަރުވެފައިވާއިރު، ހެޕީމާކެޓުން ދަނީ އެކިއެކި މުނާސަބަތުތަކާއި ގުޅިގެން ބައެއް ހާއްސަ ޕްރީމިއަމް ބްރޭންޑްތަކުގެ އަގު ހެޔޮކޮއް ވިއްކަމުންނެވެ.
އެގޮތުން އެންމެ ފަހުން އަގު ހެޔޮކޮށްފައި ވަނީ ހެޕީމާކެޓުން އޮތޮރައިޒްޑް ޑިސްޓަރިބިއުޝަން ރައިޓްސް ލިބިގެން ވިއްކަމުން އަންނަ ޓެބެސްކޯ ސޯސްގެއެވެ. މީގެ އިތުރުން، އޯލްޑަންބަރގަރ ބްރޭންޑްގެ ޕޯޝަން ބަޓަރ އަދި ލޯފެޓް މިލްކްގެ އަގުވެސް ވަނީ ހެޔޮކޮށްފައެވެ.