ކ. މާލެ
|
25 ޖެނުއަރީ 2019 | ހުކުރު 12:11
ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަންނާނުން
ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަންނާނުން
މުހައްމަދު ޝަރުހާން
ދިވެހި ފިލްމީ ދާއިރާ
ފިލްމީ ދާއިރާގެ ފަންނާނުންނަށް ހާއްސަކޮށްގެން ފޯރަމެއް ބާއްވަނީ
މި ފޯރަމް ފަށާނީ ހޯމަ ދުވަހުގެ ރޭ 8:45 ގައި އޮލިމްޕަހުގައި

ދިވެހި ފިލްމީ ދާއިރާގެ ފަންނާނުންނަށް ހާއްސަކޮށްގެން ފޯރަމެއް ބޭއްވުމަށް ނިންމައިފިއެވެ.

ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ބުނީ މި ފޯރަމް ފަށާނީ ހޯމަ ދުވަހުގެ ރޭ 8:45 ގައި އޮލިމްޕަހުގައި ކަމަށެވެ.

މި ފޯރަމްގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަންނާނުންނަށް  ބައިވެރިވުމުގެ ފުރުސަތު އެންސީއޭއިން ވަނީ ހުޅުވާލާފައެވެ.

އޭގެ ތެރޭގައި ފިލްމު ކުޅޭ މީހުންނާއި، ޑައިރެކްޓަރުންނާއި، ޕްރޮޑިއުސަރުންނާއި، ސްކްރީން ރައުޓަރުންނާއި، ސިނޮމޮޓޯގްރާފަރުންނާއި، އެޑިޓަރުންނާއި، އެނިމޭޓަރުން، ނެށުންތެރިންނާއި، މޭކަޕް އާޓިސްޓުންގެ އިތުރުންވެސް ފިލްމީ ދާއީރާއާ ގުޅުން ހުރި މަސައްކަތްތައް ކުރާ ހުރިހާ ފަރާތްތައް ހިމެނެއެވެ.

ފިލްމީ ދާއިރާގެ ފަންނާނުންނަށް ބާއްވާ ފޯރަމަކީ މި ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ސަރުކާރުން ދެވިދާނެ އެހީތެރިކަމާ ބެހޭ ގޮތުން ފިލްމީ ފަންނާނުންގެ ހިޔާލު ހޯދަން ބާއްވާ ފޯރަމެއް ކަމަށް އެންސީއޭއިން ބުނެއެވެ.

މި ފޯރަމްގައި ކަމާގުޅުން ހުރި މިނިސްޓްރީތަކުގެ އިސްވެރިން ވެސް ބައިވެރިވަޑައިގަންނަވާނެ ކަމަށް އެންސީއޭ އިން މައުލޫމާތު ދެއެވެ.

ދިވެހި ފިލްމީ ދާއިރާގެ ފަންނާނުންނަށް ހާއްސަކޮށްގެން ފޯރަމެއް ބޭއްވުމަށް ނިންމާފައިވާއިރު  މިދިޔަ ހަފުތާގައި ވަނީ މިއުޒިކީ ފަންނާނުންނާ އެކު ފޯރަމެއް ބާއްވައި އެ ފަންނާނުންގެ ހިޔާލު ވެސް ހޯދާފަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
25 ޖެނުއަރީ 2019 | ހުކުރު 08:55
disgusting
disgusting