ކ. މާލެ
|
25 ޖެނުއަރީ 2019 | ހުކުރު 02:56
އަނިލް ކަޕޫރާއި ސޯނަމް ކަޕޫރު
އަނިލް ކަޕޫރާއި ސޯނަމް ކަޕޫރު
ލައިޓްސްކެމެރާބޮލީވުޑް.ކޮމް
ބޮލީވުޑް
އޭކް ލަޅްކީކޮ ދޭކާތޯ އޭސާ ލަގާގެ އާ ލަވައެއް ދައްކާލައިފި
މި ލަވައިގައި ދައްކުވައިދަނީ ހެނދުނުގެ ވަގުތުތަކުގައި ގޭތެރޭގައި ހިނގަމުންދާ ކަންތައްތައް

އޭކް ލަޅްކީކޯ ދޭކާތޮ އޭސާލަގާ ގެ އާ ލަވައެއް ފިލްމްގެ ބަތަލާ ސޯނަމް ކަޕޫރު ވަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ.

"ގުޑް މޯނިން" ގެ ނަންދީފައިވާ މި ލަވައިގައި މި ފިލްމްގައި ހަރަކާތްތެރިވާ ހުރިހާ ތަރިން ފެނިގެންދެއެވެ. މި ލަވައިގައި ދައްކުވައިދަނީ ހެނދުނުގެ ވަގުތުތަކުގައި ގޭތެރޭގައި ހިނގަމުންދާ ކަންތައްތަކެވެ.

ލަވަ ފެށޭއިރު ފެނިގެންދަނީ ގޭގައި ނިދާފައި ތިބި މީހުން ހޭލެއްވުމަށް ރާޖް ކުމާރު އުޅޭ މަންޒަރެވެ. އަދި އޭނާ ކުޅުމަށް ތައްޔަރުވަމުންދާ ޑްރާމާއާއި ގުޅޭ ގޮތުން ކެތްމަދުވެފައި ހުރިކަން ގޭގެ މީހުނަށް ހާމަ ކުރެއެވެ. މުޅި އާއިލާ އެކުގައި ރާޖް ކުމާރަށް ތިއޭޓަރގެ ސްޓޭޖް ހެދުމަށް އެހީތެރިވެދެއެވެ. ޑްރާމާގައި ބޭނުންކުރާ ކޮސްޓިއުމް ސްޓޭޖްގައި ބަހައްޓައި، ޑްރާމާގެ ޕޯސްޓަރު މުޅި ޓައުންގައި އިޝްތިހާރު ކުރަމުންދެއެވެ.

މި ފިލްމްގެ ދެލަވައެއް ވަނީ ކުރިން ރިލީޒް ކޮށްފައެވެ. އެއީ "އިޝްގް މިތާ" އާއި ފިލްމްގެ ޓައިޓްލް ލަވައެވެ. 'އިޝްގް މިތާ" މި ލަވައަކީ މީގެ 18 އަހަރު ކުރިން ރިލީޒްކުރި "ގުޑް ނާލް އިޝްގް މިތާ" ގެ އާ ވާރޝަން އެކެވެ. މީގެ އޮރިޖިނަލް ލަވައިގައި ފެނިގެން ގޮސްފައިވަނީ މަލައިކާ އަރޯރާ އާއި ޖަސް އަރޯރާ އެވެ.

މި ފިލްމް ގައި ހިމެނޭ "އިޝްގް މިތާ" ގައި ފެނިގެންދަނީ އަނިލް ކަޕޫރައި ސޯނަމް ކަޕޫރު ކައިވެނީގެ ހަފްލާއެއްގައި ނަށަމުންދާ މަންޒަރެވެ.

މި ފިލްމްގެ ޓައިޓްލް ލަވައިގައި ފެނިގެންދަނީ ސޯނަމް އާއި ރާޖް ކުމާރެވެ. މި ލަވައަކީ 1942- އަ ލަވަ ސްޓޯރީގެ ރި ކްރިއޭޝަން އެކެވެ.

އަނިލް ކަޕޫރާއި އޭނާގެ ދަރިފުޅު ސޯނަމް ކަޕޫރު ފުރަތަމަ ފަހަރަށް ފިލްމަކުން އެކުގައި ފެނިގެންދާ މި ފިލްމްގައި ދެ ބަފައިންގެ އިތުރުން ދެން ފެނިގެންދަނީ ޖޫހީ ޗާވްލާ އާއި ރާޖް ކުމާރު ރާއޯއެވެ.

ޝެލީ ޗޯޕްރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް