އިނގިރޭސިވިލާތުގެ އެމްބަސީއެއް ރާއްޖޭގައި ގާއިމްކުރުމަށް ނިންމާފައިވާ ކަމަށް އެގައުމުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވިދާޅުވެއްޖެއެވެ.
ޑޯރިސް މިހެން ވިދާޅުވީ އެމަނިކުފާނާއި ބައްދަލުކުރެއްވުމަށްފަހު ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރައްވާފައިވާ ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ. ޑޯރިސްގެ ޓްވީޓުގައި ވިދާޅުވީ އެމްބަސީގެ ސަބަބުން ދެގައުމުގެ ދެމެދުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށާއި ކޮމަންވެލްތުގައި އަލުން ރާއްޖެ ބައިވެރިވުމަށް ކުރާ މަސައްކަތް ބަލައިގަންނަ ކަމަށެވެ.
Thank you Foreign Minister @abdulla_shahid.
— James Dauris (@JamesDauris) January 22, 2019
Our decision to open a British Embassy in #Maldives reflects our confidence in and commitment to the happy relationship our two countries have long enjoyed. We are looking forward to having you back with us in the #Commonwealth soon. https://t.co/ARfB0VLh3x
![](https://dyncz33htw1ec.cloudfront.net/posts/1548141155.jpg)
ޝާހިދު ޑޯޯރިސް އާއި ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މާލޭގައި އިނގިރޭސިވިލާތުގެ އެމްބަސީއެއް ގާއިމް ކުރަން ނިންމީތީ މަރުހަބާ ކިޔުއްވާ ކަމަށެވެ.
Great pleasure, as always, meeting with UK Ambassador @JamesDauris. We warmly welcome the decision by the UK to open an Embassy in Male. Have requested support with the fast tracking of our request to rejoin the Commonwealth @commonwealthsec, pic.twitter.com/uQdMNVOCSH
— Abdulla Shahid (@abdulla_shahid) January 20, 2019
ކޮމަންވެލްތާއި އަލުން ގުޅުމަކީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިޙްގެ ސަރުކާރުން ފުރަތަމަ 100 ދުވަސްތެރޭގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރެއިން އެއް ކަންތަކެވެ.