ޝާހުރުކް ޚާންގެ ފިރިހެން ދަރިފުޅު އަރްޔަން ޚާން އަކީ އޭނާގެ ބައްޕަ އާއި އެއްވަރަށް މަގުބޫލު މީހެކެވެ.
ޚާއްސަކޮށް ސޯޝަލް މީޑިއާގައި އަރްޔަންގެ މަގުބޫލުކަން ބޮޑެވެެ. ބޮލީވުޑަށް ވަނުމަށް އަރްޔަން ތައްޔާރު ވަމުންދާކަމަށް އަޑުތައް ފެތުރިފައި ވަނިކޮށް އޭނާގެ ފޭސްބުކް ހެކް ކޮށްފައިވާ ކަމަށް މިވަނީ ހާމަކޮށްފައެވެ.
އަރްޔަން އޭނާގެ އިންސްޓަގްރާމުގައި ބުނެފައިވަނީ އޭނާގެ ފޭސްބުކް ހެކް ކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ފޭނުންނަށް ދިމާވެދާނެ ކަންތައްތަކަށް އަޅާނުލުމަށް އެދޭކަމަށެވެ.
މިއީ އަރްޔަންއަށް ޓާގެޓްކޮށް ފޭސްބުކް ހެކްކޮށްފައިވާ ފުރަތަމަ ފަހަރެވެ.
އަރްޔަން ފިލްމު ކުޅުމުގެ ކުރިން ބޭނުންވަނީ ކިޔެވުމާއިގެން ކުރިއަށް ދިއުމަށެވެ. ދާދިފަހުން އޭނާގެ ބައްޕަ ޝާހުރުކް ކައިރިން އޭނާގެ ދެ ފިރިހެން ދަރިކަމަށްވާ އަރްޔަން އަދި އަބްރަމް ފިލްމު ކުޅެދާނެތޯ އެހުމުން ބުނީ ފުރަތަމަ އިސްކަމެއް ދޭނީ ކިޔެވުމަށް ކަމަށެވެ. އަދި ފިލްމު އިންޑަސްޓްރީއަށް ވަންނާނީ އެއަށްފަހުގައި ކަމަށެވެ.
އަރްޔަންގެ ފޭސްބުކް ހެކްކޮށްފައިވާއިއިރު މީގެ ކުރިން ވަނީ ބޮލީވުޑްގެ ތަރި އަބީޝެކް ބައްޗަންގެ ޓްވިޓާ އެކައުންޓު ވެސް ހެކް ކޮށްފައެވެ.