ކ. މާލެ
|
22 ޖެނުއަރީ 2019 | އަންގާރަ 08:15
މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު
މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު
ޓައިމްސް އޮފް އިންޑިއާ
ކަރީނާ ކަޕޫރު ޚާން
ސިޔާސީ ދާއިރާއަށް ވަންނަން އުޅޭ ކަމަށް ދެކެވޭ ވާހަކަ ކަރީނާ ދޮގުކޮށްފި
ކަރީނާ ބުނިގޮތުގައި އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް

މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ސިޔާސީ ދާއިރާއަށް ވަންނަން އުޅޭ ކަމަށް ދެކެވޭ ވާހަކަ އޭނާ ދޮގުކޮށްފިއެވެ.

އުމުރުން 38 އަހަރުގެ ބަތަލާ ބުނި ގޮތުގައި ސިޔާސީ ދާއިރާއަށް އޭނާގެ ޝައުގުވެރިކަމެއްނެތެވެ. އަދި އޭނާގެ ހުރިހާވެސް އަމާޒަކީ ފިލްމުކުޅުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް. އެފަދަ ކަމަކާ އެއްވެސް ފަރާތަކާ ވާހަކަ ދައްކާފަވެސް އަދި އެހެން ފަރާތަކަށް ކޮމިޓްމެންޓް ދީފައިވެސް ނުވާނެ. އެއީ ދޮގެއް،" ކަރީނާ ބުނެފައިވެއެވެ.

އަޑުތައް ފެތުރިފައިވާ ގޮތުގައި ރާހޫލް ގާންދީގެ އިންޑިއަން ނޭޝަނަލް ކޮންގްރެސްގެ ބޯޕާލްގެ ގޮނޑިއަކަށް ވާދަކުރުމަށް ކަރީނާއަށް ވަނީ ދައުވަތު ދީފައެވެ. މިހާރު ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް އެ ގޮނޑި ލިބުނަ ނުދިނުމަށް ކަރިނާ އެ ގޮނޑިއަށް ވާދަކުރުމަށް އެދޭކަމަށް އިންޑިއަން ނޭޝަނަލް ކޮންގްރެސް ވަނީ ބުނެފައެވެ. އަދި ޕީޖޭޕީން ވާދަކުރާ ކެނޑިޑޭޓް ބަލިކޮށްލެވޭނެ މީހަކީ ކަރީނާކަމަށްވެސް އެޕާޓީން ބުނެއެވެ.

ރިޕޯޓް ބުނާ ގޮތުގައި މަޝްހޫރު ބަތަލާ މަދޫރީ، ބަތޮލު ޝާހުރުކު އަދި ކަރީނާ ސިޔާސީ ދާއިރާއަށް ނުކުތުމަަށް ޕާޓީތަކުން ހުށައެޅުންތައް ދަނީ ހުށައަޅަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް