ކ. މާލެ
|
20 ޖެނުއަރީ 2019 | އާދީއްތަ 09:56
ކަރީނާ ކަޕޫރް (ވ) އަދި އަކްޝޭ ކުމާރް (ކ)
ކަރީނާ ކަޕޫރް (ވ) އަދި އަކްޝޭ ކުމާރް (ކ)
އިންޑިއަން އެކްސްޕްރެސް
ގުޑް ނިއުސް
ގުޑް ނިއުސް ފިލްމްގެ ޝޫޓިންގް ފަށައިފި
ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި މަހު

ގުޑް ނިއުސް ފިލްމްގެ ޝޫޓިންގް މުމްބާއީގައި ފަށައިފިއެވެ.

ކަރަން ޖޮހަރް ޑައިރެކްޓް ކުރާ މި ފިލްމްގައި ކަރީނާ ކަޕޫރާއެކު ލީޑު ރޯލުން ފެނިގެން ދާނީ އަކްޝޭ ކުމާރެވެ. މީގެއިތުރުން ކިއާރާ އަދްވާނީ އާއި ދިލްޖީތް ދޮސަންޖްވެސް މި ފިލްމްގައި ފެނިގެންދާނެއެވެ

ފިލްމުގައި ކަރީނާ އާއި އަކްޝޭ ފެނިގެން ދާނީ ދެމަފިރިންގެ ރޯލުންނެވެ. އަދި މި ފިލްމުގައި ކަރީނާ އާއި އަކްޝޭއަށް ދަރިޔަކު ނުލިބިގެން އުޅޭ މަންޒަރު ދައްކުވައިދޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފިލްމު މި އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު، މި ފިލްމު ވެގެންދާނީ ކަރީނާ އާއި އަކްޝޭ އެކުގައި މީގެ ނުވަ އަހަރު ކުރިން ކުޅުނު ކަމްބަގްތު އިޝްގަށް ފަހު ދެމީހުން ފެނިގެންދާނެ ފުރަތަމަ ފިލްމަށެވެ. 

.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް