ކ. މާލެ
|
18 ޖެނުއަރީ 2019 | ހުކުރު 14:55
ސާރާ އަލީ ޚާން
ސާރާ އަލީ ޚާން
ގޫގުލް
ބޮލީވުޑް
ސާރާގެ 'ސާތް ސަމަންދަރު' ބެލިންތަ؟
އެ ލަވައަށް ނަށާފައިވާ ވީޑިއޯއެއް ވަނީ ހިއްސާ ކޮށްފައި

ސާރާ އަލީ ޚާންގެ ދެ ފިލްމެއް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒް ކޮށްފައެވެ.

އޭގެ ތެރެއިން ރަންވީރު ސިންގްއާ އެކު ފެނިގެންދާ ފިލްމް "ސިމްބާ" ވެގެން ގޮސްފައި ވަނީ މިދޔަ އަހަރު ރިލީޒްކުރި ފިލްމްތަކުގެ ތެރެއިން އެއްމެ ބޮޑު ކާމިޔާބީއެއް ލިބިގެންދިޔަ އެއް ފިލްމަށެވެ.

އެ ފިލްމްގައިވާ "އާންކް މާރޭ" ލަވައިގެ ނެށުން ފެނުމުގެ ކުރިން ޑިޒައިނާ ސަންދީޕް ހޯސްލާގެ ނީސްގެ ވެޑިންގައި ސާރާ ނަށާފައިވާ ވީޑިއޯ ފެނުނު މީހުން އޭނާއަކީ ބޮލީވުޑްގެ ތަރިއަކަށް ވެވޭނެ ކަމަށް ޝައްކެތް ވެސް ނުކުރާނެއެވެ.

އެ ވީޑިއޯ އިންޓަނެޓްގައި ސުޕަރ ހިޓަކަށް ވެގެން ގޮސްފައިވާއިރު އޭގެ ރިހާސަލް ވީޑިއޯއެއް ދާދި ފަހުން ވަނީ ހިއްސާކޮށްފައެވެ.

އެވީޑިއޯގައި ސާރާ ނަށަން ދަސްކުރާތަން ފެނިގެން ދެއެވެ.

ސާރާ ކުޅެފައިވާ ދެ ފިލްމްގެ ތެރެއިން "ކެދަރްނާތު" ގައި އޭނާ ފެނިގެން ގޮސްފައިވަނީ ސުޝާންތް ސިންގް ރާޖްޕުތްއާ އެކުގައެވެ. ސާރާ ކުޅެފައިވާ 'ސިމްބާ' އަކީ މިދިޔަ އަހަރު ރިލީޒް ކުރި އެންމެ ފަހު ފިލްމެވެ. ސާރާ ދެން ފެނިގެން ދާނީ ކޮން ފިލްމަކުން ކަމެއް އަދި އޭނާ ހާމަކޮށްފައި ނުވި ނަމަމަވެސް  "ބާގީ 3" އިން ޓައިގާ ޝްރޯފްއާ އކު ސާރާ ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް