Advertisement
ކ. މާލެ
|
13 ފެބްރުއަރީ 2017 | ހޯމަ 21:41
އުކުޅަހުގެ މަގުމަތީގައި މަހާނައެއް ހެދި މައްސަލަ ފުލުހުން ދަނީ ބަލަމުން
އުކުޅަހުގެ މަގުމަތީގައި މަހާނައެއް ހެދި މައްސަލަ ފުލުހުން ދަނީ ބަލަމުން
ގޫގުލް
އުކުޅަސް
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުން ދޫކޮށްލާއިފި
އެމީހުން ދޫކޮށްލީ ފުލުހުންގެ ތަޙްގީގަށް ބަޔާން ނަގާފައި
އުކުޅަހުން ހައްޔަރު ކުރީ ހަ މީހުން

ސިހުރު ހަދައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުގެ ތުހުމަތުގައި އުކުޅަހުން ހައްޔަރުކުރި ހަ މީހުން ދޫކޮށްލާއިފިއެވެ.

އެ ހަ މީހުންގެ ގާނޫނީ ވަކީލް ނާޒިމް އަބްދުއް ސައްތާރު ވިދާޅުވީ އުކުޅަހުން ހައްޔަރު ކުރި މީހުން ފުލުހުން ދޫކޮށްލީ ހޯމަ ދުވަހު (މިއަދު ) މެންދުރު ކަމަށެވެ. އެމީހުން ވަނީ ބުދަ ދުވަހު ފުލުހުންގެ ތަޙްގީގަށް ބަޔާން ދީފައި ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ފުލުހުންގެ ހާއްސަ ޓީމެއް އުކުޅަހަށް ގޮސް ހައްޔަރުކޮށްފައި ވަނީ އެރަށު ފުސްވިލާގޭ، އިބްރާހިމް ސުޒެއިނާއި، ރަތްވިލާގޭ އަބްދުﷲ ވާހިދު އަލީ، ވިންޓަރ ވިލާ، ސައުދުﷲ އިބްރާހިމް، ފެންފިޔާޒުގެ، ފިކުރީ ހަނިފްގެ އިތުރުން ފިނިފެން ބަގީޗާ، އަބްދުﷲ ސައީދެއެވެ.

އއ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް މޫސާ ނައީމްގެ އިތުރުން ފަސް މީހަކު ހައްޔަރުކުރީ އެމްޑީޕީގެ އެކްޓިވިސްޓް މެމްބަރު ޝިނާޒު މޫސާ ޕީޕީއެމަށް ސޮއިކުރުމުން، އެ ގޭގެ ދޮރުމަތީގައި މަހާނައެއް ހަދައިގެންނެވެ.

އުކުޅަހު ކައުންސިލް މެމްބަރު އަލީ ޒަމީރު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެރަށުގެ މެޖޯރިޓީ، ވެރިކަންކުރާ ޕީޕީއެމުން ހޯދުމަށްޓަކައި ރައްޔިތުންނަން ބިރުދައްކަމުން އަންނަ ކަމަށެވެ. އެރަށު އެމްޑީޕީގެ ހަ މެމްބަރުން ފުލުހުން ހައްޔަރުކުރީ ސީދާ ލޯކަލް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ހޯދުމަށްޓަކައި އިތުރު ގޮތެއް ނެތުމުން ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް