ކ. މާލެ
|
16 ޖެނުއަރީ 2019 | ބުދަ 13:01
ކިމް އާއި ކާންޔޭ
ކިމް އާއި ކާންޔޭ
ގޫގުލް
ކިމް ކާޑޭޝިއަން، ކާންޔޭ ވެސްޓް
ކިމްއާއި ކާންޔޭގެ ހަތަރުވަނަ ދަރިއަކީ ފިރިހެން ކުއްޖެއް!
ކިމް އާއި ކާންޔޭގެ މިހާރު ތިބީ ތިން ދަރިން
ހަތަރު ވަނަ ދަރިއަކީ ސަރޮގޭޓް ކޮށްގެން ލިބޭ ދެވަނަ ދަރި

ރިއަލިޓީ ޓީވީ ސީރީޒް "ކީޕިން އަޕް ވިތު ކާޑޭޝިއަން"ގެ ތަރި ކިމް ކާޑޭޝިއަންގެ ހަތަރު ވަނަ ދަރިއަކީ ފިރިހެން ކުއްޖެއް ކަމަށް އޭނާ ބުނެފިއެވެ.

ބްރާވޯ ޓީވީ އިން ގެނެސްދޭ ޝޯއެއް ކަމަށްވާ "ވޮޗް ވަޓް ހެޕެންސް ލައިވް" ގައި ކިމް އާއި އޭނާގެ ދައްތަ ކޯޓްނީ ކާޑޭޝިއަން އަދި ކޮއްކޮ ކްލޯއީ ވަނީ ބައިވެރިވެފައެވެ.

އެ ޝޯގައި ކިމް ބުނީ އޭނާއަށް ލިބެނީ ފިރިހެން ކުއްޖެއް ކަމަށެވެ.

ޝޯގެ ހޮސްޓް އޭންޑީ ކޯހެން ކުރި ސުވާލަކަށް ޖަވާބު ދެމުން ކިމް ބުނީ އޭނާއަށް ކުއްޖެއް ލިބޭކަން އެންމެ ފުރަތަމަ ބުނެވުނީ "ކްރިސްމަސް ޕާޓީގެ" ތެރެއިން އޭނާ މަސްތުގެ ހާލުގައި ހުރެގެންނެވެ. އޭނާއަށް އެހެން ބުނެވުނީ ކޮންބައެއްގެ ކައިރީގައިކަމެއް ހަނދާން ނެތްކަމަށް ކިމް ބުންޏެވެ.

ކިމް އާއި އޭނާގެ ފިރިމީހާ ކާންޔޭ ވެސްޓަށް މިހާތަނަށް ވަނީ ތިން ދަރިން ލިބިފައެވެ. އޭގެ ތެރެއިން އެންމެ ފަހުން ލިބުނު ދަރިފުޅަކީ ސަރޮގޭޓެއް މެދުވެރިކޮށް ލިބުނު ދަރިއެކެވެ. ޝިކާގޯގެ ނަމުން ނަންދީފައިވާ އެކުއްޖާ އުފަންވެފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 15ގައެވެ.

ކިމް އާއި ކާންޔޭ ސަރޮގޭޓް ކޮށްގެން ދަރިން ހޯދަން ފެށީ ދެވަނަ ދަރިއަކު ލިބި، ތިންވަނަ ދަރިއަކަށް ބަލިވެ އިން ފަހުން އޭނާއަށް ދިމާވި ސިއްހީ މައްސަލަތަކެއްގެ ސަބަބުން ނުވިހެއުމަށް ޑޮކްޓަރ ލަފާދިނުމުން ކަމަށް ކިމް މީގެ ކުރިން ވަނީ ބުނެފައެވެ.

މިފަހަރުގެ ފިރިހެން ކުއްޖާއާއި އެކީކިމް އާއި ކާންޔޭއަށް ސަރޮގޭޓް ކޮށްގެން ލިބޭ ދެވަނަ ދަރިއަކަށް އެކުއްޖާ ވާނެއެވެ. ކިމްގެ ހަތަރުވަނަ ދަރި ލިބޭނެކަމަށް ނޫސްތަކުގައި ބުނެފައިވަނީ އަންނަ މެއި މަހުގެ ތެރޭގައެވެ.

"ވޮޗް ވަޓް ހެޕެންސް ލައިވް"ގައި ކިމް ބުނީ ވަރަށް އަވަހަށް ދަރިއަކު ލިބޭނެކަމަށެވެ. އެހެން ނަމަވެސް ލިބޭނީ ކޮން ދުވަހެއްގައި ކަމެއް ހާމައެއް ނުކުރެއެވެ.

ކިމްއާއި ކާންޔޭގެ ތިބެނީ ތިން ދަރިންނަކީ ނޯތު ވެސްޓް އާއި ސެއިންޓް ވެސްޓް އަދި ޝިކާގޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް