ކ. މާލެ
|
14 ޖެނުއަރީ 2019 | ހޯމަ 20:38
ކެންޑިޑް މެގަޒިން ލޯންޗް ކުރުން
ކެންޑިޑް މެގަޒިން ލޯންޗް ކުރުން
ރާއްޖެއެމްވީ
މެގަޒިން
ކެންޑިޑް މެގަޒިން ލޯންޗްކޮށްފި
މި މެގަޒިން ލޯންޗް ކޮށްދިނީ ފިލްމީ ތަރި ނިއުމާ މުހައްމަދު

ރާއްޖެ އަށް އަލަށް ތަޢާރަފް ކުރެވޭ ލައިފް ސްޓައިލް އަދި އެންޓަޓެއިންމެންޓް މެގަޒިން "ކެންޑިޑް" ލޯންޗްކޮށްފިއެވެ.

 ހޯމަ ދުވަހު ބޭއްވި ޚާއްސަ ހަފްލާއެއްގައި މި މެގަޒިން ލޯންޗްކޮށްދިނީ ފިލްމީ ތަރި ނިއުމާ މުހައްމަދެވެ.

ޒޯ އާޓްސް އަދި ޑިވާސް ގުޅިގެން އުފައްދާ މި މެގަޒިން ތަޢާރަފް ކޮށްފައި ވަނީ ޚާއްސަ ފީޗަރއަކާ އެކު އޮގްމެންޓެޑް ރިއަލިޓީ ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. މި މެގަޒިން މޮބައިލް ފޯނު ނުވަތަ އައިޕެޑުން ބޭނުންކުރާ ނަމަ "އަރްވަކާ" އެޕް ޑައުންލޯޑް ކޮށްގެން ބޭނުން ކުރެވޭނެއެވެ. އަދި ކެންޑިޑް މެގަޒިންގެ ކާޑު ފޯނާއި ދިމާކޮށް ފްލެޝް ކޮށްލުމުން ވީޑިއޯ ފޯނުން އެޕް ތްރޫކޮށް ލޯޑްވެގެން ދާނެއެވެ.

މި މެގަޒިން  ޚާއްސަކޮށް ބޮޑަށް ޓާގެޓް ކޮށްފައިވަނީ އެއަރޕޯޓްސް، ލައުންޗަސް، ގެސްޓް ހައުސް އަދި ކެފޭތަކަށެވެ.

ކެންޑިޑް މޯލްޑިވްސް ޑޮޓްކޮމް ވެބްސައިޓުން ޑެއިލީ ރިވިއުސް އަޕްޑޭޓްސް އަދި އިންޑަސްޓްރީ އާއި މުނިފޫހި ފިލުމުގެ ދާއިރާގައި ހަރަކާތަތެރިވާ އެކި ފަރާތްތަކާއި އިޖްތިމާއި އެކިއެކި ކަންތައްތައް ބަލައިލެވޭނެއެވެ.

ޕްރިންޓް މެޒަޒިންގެ ފުރަތަމަ އިޝޫ ނެރުމަށް ހަމަޖެހިފައި ވަނީ މާރޗް މަހުއެވެ. އަދި މި މަޖައްލާ މާލެ ހުޅުމާލެ، ވިލިމާލެ އަދި މައިގަނޑު ހުރިހާ ކެފޭ އަދި ރެސްޓޯރެންޓްތަކަކުން ލިބެން ހުންނާނެ އެވެ. މީގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ ގެ އިތުރުން ވެސް ބައެއް އަތޮޅުތަކުން ވެސް މި މެގަޒިން ލިބެން ހުންނާނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް