ކ. މާލެ
|
13 ޖެނުއަރީ 2019 | އާދީއްތަ 05:39
ރިތިކް ރޯޝަން
ރިތިކް ރޯޝަން
ގޫގުލް
ބޮލީވުޑް
ރިތިކްގެ ސުޕަރ 30 ރިލީޒް ކުރާ ދުވަސް އިއުލާންކޮށްފި
މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ޖުލައި 26 ގައި

މަޝްހޫރު މެތަމެޓިޝަން ކަމަށްވާ އަނަންދު ކުމާރުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު ސުޕަ 30 ރިލީޒްކުރާ ދުވަސް އިއުލާން ކޮށްފިއެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަހާއި ދިމާކޮށް ކުރިން މި ފިލްމް ރިލީޒް ކުރާނެ ކަމަށް ޚަބަރުތައް ވަނީ ބުނެފައެވެ.

މި ފިލްމް އެ ދުވަހު ރިލީޒް ކުރާނަމަ ކަންގަނާ ރަނައުތް ކުޅެފައިވާ ފިލްމް "މަނިކަރްނިކާ" އާއި ކްލޭޝް ވާނެ ކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ. ނަމަވެސް މި ފިލްމްގެ ބަތަލާ ރިތިކް ރޯޝަން ކޮށްފައިވާ ޓްވީޓްގައި ވަނީ "ސުޕަރ 30" ރިލީޒް ކުރާނީ ޖުލައި މަހުގެ 26 ގައި ކަމަށެވެ.

ރިތިކް އެ ފިލްމު ކުޅެން އާނއެކޭ ބުނީ ވަރަށް ވިސްނުމަށް ފަހުގައި ކަމަށް މީގެ ކުރިން ވަނީ ރިޕޯޓް ކޮށްފައެވެ.

ރިތިކް އޭނާގެ ކެރިއަރުގައި މީހެއްގެ ހަޔާތުގެ މައްޗަށް ކުޅޭ ފުރަތަމަ ފިލްމަށް އާއެކޭ ބުނީ އޭނާ އަށް އެ ފިލްމު މޮޅަށް ކުޅެވޭނެ ކަން ޔަގީންވުމުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް