Advertisement
ކ. މާލެ
|
12 ފެބްރުއަރީ 2017 | އާދީއްތަ 20:21
ޕީޕީއެމް މެމްބަރުން އިތުރު ކުރުމަށް އިއްޔެ ކުރިއަށް ގެންދިޔަ ކެމްޕޭނުގައި މިނިސްޓަރުން ހަރަކާތްތެރިވަނީ
ޕީޕީއެމް މެމްބަރުން އިތުރު ކުރުމަށް އިއްޔެ ކުރިއަށް ގެންދިޔަ ކެމްޕޭނުގައި މިނިސްޓަރުން ހަރަކާތްތެރިވަނީ
ޓްވިޓަރ
ޕީޕީއެމް މެމްބަރުން
ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި
ޕީޕީއެމް ވަނީ 150،000 މެމްބަރުން އިތުރު ކުރުމަށް އަމާޒް ހިފާފަ

ޕީޕީއެމް އިން ވޯޓު ހޯދުމަށް ހޮނިހިރު ދުވަހު ކުރިއަށްގެންދިއަ ހަރަކާތްތަކުގައި 11،000 މެމްބަރުން އެޕާޓީއަށް އިތުރު ކުރެވިއްޖެ ކަމަށް އެޕާޓީން ހާމަކޮށްފި އެވެ.

ޕީޕީއެމް އިން މެންބަރުން އިތުރު ކުރުމަށް ފެށި ހަރަކާތަކީ އެޕާޓީގައި 150،000 މެމްބަރުން ހަމަކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެެވެ.

ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އިސްނެންގެވުމުގެ ދަށުން ޕާޓީ މެންބަރުން އިތުރު ކުރުމަށް ފަށާފައިވާ ޚާއްސަ ކެމްޕެއިންގެ ދަށުން، ހޮނިހިރު ދުވަހު ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި މެމްބަރުން އިތުރު ކުރުމަށް ހަރަކާތްތެރިވަމުންނެވެ.

އެގޮތުން މާލޭގެ ބައެއް ސްކޫލުތައް ކަމަށްވާ ޖަމާލުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލުގައިވެސް ވަނީ ޕީޕީއެމް މެންބަރުން އިތުރު ކުރުމަށްޓަކާއި ހަރަކާތްތެއް ކުރިއަށްގެންދަމުންނެވެ.

މީގެ އިތުރުން މަގުތަކުގަ އާއި މާލޭގެ އެކި ހިސާބުތަކުގެ ގެތަކަށް ގޮސް މެންބަރުން އިތުރު ކުރުމުގެ ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފަ އެވެ.

މި ކެމްޕެއިންގެ ދަށުން އެންމެ ގިނަ ފޯމް ހޯދާ ފަރާތަކަށް ބެންކޮކް ދެކޮޅު ޓިކެޓާއި ތިން ދުވަހުގެ ހުރުން ދޭއިރު، ދެ ވަނަ އަދި ތިން ވަނަ އަށް ވެސް ބެންކޮކް ދަތުރެއް ދެއެވެ. މީގެ އިތުރުން 300 ފޯމް ހަމަކުރާ ކޮންމެ މީހަކަށް 7،500 ރުފިޔާ ހުށަހަޅާފައިވާ ކަމަށް މިކެމްޕޭނުގައި ހަރަކާތްތެރިވާ ޕީޕީއެމްގެ މެމްބަރަކު ވަނީ ބުނެފަ އެވެ.

މި ކެމްޕެއިންގެ ތެރެއިން ޕީޕިއެމް އަށް ސޮއި ކުރުމަށް މަޖުބޫރު ކުރާ ކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް