ކ. މާލެ
|
1 ޖެނުއަރީ 2019 | އަންގާރަ 20:02
ރައީސް ސޯލިހު
ރައީސް ސޯލިހު
މުހައްމަދު ޝަރުހާން
ރައީސް ސޯލިހު
ރައީސް ސޯލިހްގެ އުފަން ދުވަހަކީ 1 ޖެނުއަރީ ތަ؟ ނުވަތަ 1 މާޗް ތަ؟
އާއިލާގެ ބޭފުޅުން އުފަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ 1 ޖެނުއަރީ
އައިޑީ ކާޑްގައިވާ ތާރީޚަކީ 1 މާޗް 1962

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އުފަން ދުވަހަކީ ކޮބައިކަން ގިނަ ބަޔަކަށް އޮޅުން އަރައިފި އެވެ. 

އެކެއް ޖެނުއަރީއަކީ ރައީސް ސޯލިހްގެ އުފަން ދުވަހުގެ ގޮތުގައި ބަލައި، ސަރުކާރުގެ ބައެއް ބޭފުޅުންނާއި އާއިލާގެ ބޭފުޅުންނާއި ގާތް ބޭފުޅުން ވަނީ ތަހްނިޔާ ކިޔައިފަ އެވެ. ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވެސް، ރައީސް ސޯލިހް އަށް ވަނީ އުފަން ދުވަހުގެ ތަހްނިޔާ ޓްވިޓަރުގައި ކިޔުއްވާފަ އެވެ. 

ޅ. ހިންނަވަރަށް އުފަންވެވަޑައިގެންނެވި މިހާރު އުމުރުފުޅުން 56 އަހަރުގެ ރައީސް ސޯލިހްގެ އުފަން ދުވަސް އެ މަނިކުފާނުގެ އާއިލާގެ ބޭފުޅުންނަށް ވެސް ވިދާޅުވާން އެނގިވަޑައި ނުގަންނަވަ އެވެ. ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި ރައީސް ސޯލިހްގެ އުފަން ދުވަހުގެ ގޮތުގައި މިހާތަނަށް ފާހަގަ ކުރަމުން އަންނަނީ 1 ޖެނުއަރީ ކަމަށެވެ. ނަމަވެސް ބައެއް ބޭފުޅުން ވިދާޅުވީ އެ މަނިކުފާނުގެ އުފަން ދުވަހަކީ 1 މާޗް ކަމަށެވެ. 

މި އޮޅުން އެރީ ކީއްވެ ހެއްޔެވެ؟ 

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި އެ މަނިކުފާނުގެ ޕްރޮފައިލް ތައްޔާރުކުރުމުގެ މަސައްކަތް ރާއްޖެ ޓީވީން ކުރަމުން ދިޔައިރު ވެސް މި އޮޅުން އެރި އެވެ. އޭރު އެކަން ކަށަވަރުކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ. އެންމެ ފަހުން އެކަން ކަށަވަރުކުރުމަށްޓަކައި، އާއިލާގެ އިސް ބޭފުޅަކު މެދުވެރިކޮށް، ރައީސް ސޯލިހްގެ އަނބިކަނބަލުން ފަޒުނާ އަހްމަދަށް ގުޅަންޖެހުނެވެ. 

ރައީސް ސޯލިހްގެ އައިޑީ ކާޑްގައި އުފަންވެވަޑައިގެންނެވި ތާރީޚުގެ ގޮތުގައި ވަނީ 1 މާޗް 1962 އެވެ. އެމަނިކުފާނުގެ އުފަން ދުވަހަކީ ކޮބައިކަމާމެދު އޮޅުން އަރާފައި ވަނީ ކީއްވެގެން ކަމެއް އާއިލާގެ ބޭފުޅުންނަށް އެނގިވަޑައިނުގަންނަވަ އެވެ. 

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ރައީސް ސޯލިހްގެ އުފަން ދުވަހަކީ 1 މާޗް ކަމަށެވެ. 

- ކޮމެންޓް