މަޝްހޫރު ފިލްމީ ތަރި ކާދަރު ޚާން އުމުރުން 81 އަހަރުގައި މަރުވެއްޖެއެވެ.
ހެއްވާ މަޖާ އެތަކެއް ފިލްމެއް ކުޅެދީފައިވާ ކާދަރު ޚާން މަރުވީ ސިކުނޑީގެ ބައްޔެއް ފަރުވާ ހޯދަމުން ދަނިކޮށް ހޯމަ ދުވަހު ކަމަށް އިންޑިއާގެ ނޫސްތަކުގައި ވެއެވެ. މަރުވެފައިވަނީ ބަލީގެ ސަބަބުން ކެނެޑާގެ ހޮސްޕިޓަލެއްގައި އެޑްމިޓް އޮންނަތާ ގާތްގަނޑަކަށް ހަތަރު މަސް ފަހުން ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.
ކާދަރު 35 އަހަރުވަން ދެން ފިލްމު ކުޅެފައިވާއިރު އެ މުއްދަތުގައި އޭނާ ވަނީ 300 އަށް ވުރެ އިންޑިއާގެ ފިލްމުތައް ކުޅެފައެވެ. އޭނާ ކުޅެފައިވާ ފުރަތަމަ ފިލްމަކީ 1973 ވަނަ އަހަރު ކުޅުނުއެވެ ފިލްމު "ދާގް" އެވެ. ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ކޫލީ ނަންބަރު 1" އަދި "ހަމް" ހިމެނެއެވެ.
 
                        
                
    
 
                     
                        
                
    
 
                        
                
    
 
                        
                
    
