ކ. މާލެ
|
27 ޑިސެންބަރ 2018 | ބުރާސްފަތި 14:13
ބީއެމްއެލް
ބީއެމްއެލް
ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް
އާ އަހަރާ ދިމާކޮށް ދެ ދުވަހަށް ބޭންކް ބަންދު!
ބޭންކު ހުޅުވޭނީ ޖެނުއަރީ 2 ގައި

އާ އަހަރާ ދިމާކޮށް މި މަހުގެ 31 އިން ފެށިގެން ޖެނުއަރީ 1 އާ ހަމައަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބަންދުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކް ދެ ދުވަހަށް ބަންދުކުރުމަށް ފަހު ހުޅުވޭނީ ޖެނުއަރީ 2 ވާ ބުދަ ދުވަހު ކަމަށެވެ. 

ދެ ދުވަހަށް ބީއެމްއެލް ބަންދު ކަމުގައި ވިއަސް އެ ދުވަސްތަކުގައި ކަސްޓަމަރުންނަށް ދަތިނުވެ އޭޓީއެމް އާއި ސެލްފް ސާވިސްގެ ޚިދުމަތް ލިބިގެންދާނެ ކަމަށް ވެސް ބޭންކުން ބުނެއެވެ. އަދި ބޭންކްގެ ފޭސްބުކާއި ޓްވިޓާ މެދުވެރިކޮށް މެސެޖުން ވެސް މައުލޫމާތު ލިބޭނެ ކަމަށް ބުންޏެވެ.

ސަރުކާރުގެ ގިނަ ކުންފުނިތައް އާ އަހަރާއި ދިމާކޮށް ބަންދެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް