ކ. މާލެ
|
27 ޑިސެންބަރ 2018 | ބުރާސްފަތި 11:11
ތައިމޫރުގެ ފުރަތަމަ ދުވަހު ނަގާފައިވާ ފޮޓޯއެއް. ކަރީނާއާއި އާއިލާ މިހާރު ތިބީ ލަންޑަނުގައި
ތައިމޫރުގެ ފުރަތަމަ ދުވަހު ނަގާފައިވާ ފޮޓޯއެއް. ކަރީނާއާއި އާއިލާ މިހާރު ތިބީ ލަންޑަނުގައި
ގެޓީ އިމޭޖަސް
ކަރީނާ ކަޕޫރު
އާ އަހަރު ފާހަގަ ކުރުމަށް ކަރީނާއާއި އާއިލާ ލަންޑަނަށް
ލަންޑަނަށް ފުރާފައިވަނީ ބުދަ ދުވަހު

އާ އަހަރު ފާހަގަ ކުރުމަށް ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރާއި ފިރިމީހާ ސައިފް އަލީ ޚާން އަދި ދަރިފުޅު ތައިމޫރު އަލީ ޚާން ލަންޑަނަށް ހިނގެއްޖެ އެވެ. 

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުން ކަރީނާއާއި އާއިލާ ލަންޑަނަށް ފުރީ ބުދަ ދުވަހުއެވެ. އެނބުރި އިންޑިއާއަށް ދާނެ ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ.

ސައިފް އާއި ކަރީނާގެ ފުރަތަމަ ދަރިފުޅު ތައިމޫރުގެ ދެވަނަ އުފަން ދުވަސް ފާހަގަ ކޮށްފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ސައުތު އެފްރިކާގައެވެ. ސައުތު އެފްރިކާގައި އާއިލާއާއި އެކު ނަގާފައިވާ ފޮޓޯތައް ވަނީ އާންމު ކޮށްފައެވެ. ކަރީނާ އާއި އާއިލާ ލަންޑަނަށް ގޮސްފައިވަނީ ތައިމޫރުގެ އުފަންދުވަސް ފާހަގަކުރުމަށް ފަހު ސައުތު އެފްރިކާއިން އިންޑިއާއަށް ދިއުމަށްފަހު އެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް