ކ. މާލެ
|
27 ޑިސެންބަރ 2018 | ބުރާސްފަތި 00:10
ޒީރޯއިން ފެނިގެންދާ ދެ ތަރިންކަމަށްވާ އަނުޝްކާ ޝަރްމާ އާއި ކެޓްރީނާ ކެއިފް
ޒީރޯއިން ފެނިގެންދާ ދެ ތަރިންކަމަށްވާ އަނުޝްކާ ޝަރްމާ އާއި ކެޓްރީނާ ކެއިފް
ޓްވިޓަރ
ބޮލީވުޑް
ޒީރޯ އަށް ފަސްދުވަހުން 81 ކްރޯޑް!
މި ފިލްމަށް މިހާތަނަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 81.32 ކްރޯޑް ރުޕީސް

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ޝާހުރުކް ޚާން ގެ ފިލްމް "ޒީރޯ" އަށް، ފިލްމް ރިލީޒް ކުރިތާ ފަސް ދުވަހުގެ ތެރޭގައި ބޮކްސް އޮފީހުގައި ލިބުނު އާމްދަނީ 81 ކްރޯޑަށް އަރައިފިއެވެ.

ޝާހުރުކް ޚާންގެ އިތުރުން އަނުޝްކާ ޝާރުމާ އާއި ކެޓްރީނާ ކެއިފް ލީޑް ރޯލުން ފެނިގެންދާ މި ފިލްމަށް، ރިލީޒްކުރި ދުވަހު ބޮކްސް އޮފީހުގައި އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 20.14 ކްރޯޑް އިންޑިއަން ރުޕީސްއެވެ. އަދި ހޮނިހިރު ދުވަހު މި ފިލްމަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 18.22 ކްރޯޑް ރުޕީސްއެވެ. އާދިއްތަ ދުވަހު ލިބިފައި ވަނީ 18.25 ކްރޯޑް ރުޕީސްއެވެ.

މި ފިލްމަށް ހޯމަ ދުވަހު 9.50 ކްރޯޑް ލިބިފައިވާއިރު ކްރިސްމަސްޑޭ ކަމަށްވާ އަންގާރަ ދުވަހު މި ފިލްމަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 12.75 ކްރޯޑް ރުޕީސް އެވެ.

އާނަންދް އެލް ރާއީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމަށް މިހާތަނަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 81.32 ކްރޯޑް ރުޕީސްއެވެ.

200 ކްރޯޑްގެ ބަޖެޓަކުން ހަދަފައިވާ "ޒީރޯ" ވެގެން ގޮސްފައިވަނީ މިއަހަރު ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން ފަސް ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިގެން ދިޔަ ފިލްމަށެވެ. މިއަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ ފިލްމް ތަކުގެ ލިސްޓްގައި ހިމެނެނީ "ޕަދްމާވަތީ"، "ރޭސް3"، "ސަންޖޫ" އަދި "ތަގްސް އޮފް ހިންދުސްތާން" އެވެ.

 

 

- ކޮމެންޓް