ކ. މާލެ
|
24 ޑިސެންބަރ 2018 | ހޯމަ 21:36
ޔުނައިޓެޑަށް ކުޅެމުން އަންނަ މާކަސް ރަޝްފޯޑް
ޔުނައިޓެޑަށް ކުޅެމުން އަންނަ މާކަސް ރަޝްފޯޑް
ގެޓީ އިމޭޖަސް
މާކަސް ރަޝްފޯޑް
ބާސާ އިން ރަޝްފޯޑް ހޯދަން މަސައްކަތް ކުރަނީ!
ރަޝްފޯޑްގެ އެއްބަސްވުން ހަމަވާނީ 2020 ގައި

ބާސެލޯނާ އިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދަ އެކްސްޕްރެސް އިން ބުނީ، ރަޝްފޯޑް ހޯދަން ބަސާއިން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އޭނާ ހޯދުމަށް ބާސާއިން މަސައްކަތް ކުރަމުން އަންނަނީ ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާއަށް ކަމަށެވެ.

ޔުނައިޓެޑާއެކު ރަޝްފޯޑް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2020 ވަނަ އަހަރެވެ. އޭނާ އެއްބަސްވުން އާކުރީ 2016 ވަނަ އަހަރެވެ.

ޔުނައިޓެޑުގެ ފުރަތަމަ 11 އިން ޖާގަ ލިބުން ދަތިވެފައިވާ ރަޝްފޯޑް ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގު އަދި އިޓަލީ ލީގުގެ ޓީމުތައްވެސް ހިމެނެއެވެ.

ރަޝްފޯޑް މި ސީޒަނުގައި މިހާތަނަށް ކުޅެފައިވަނީ އެންމެ 21 މެޗެވެ. އޭގެ ތެރެއިން 15 މެޗަކީ ޕްރިމިއާ ލީގުގައި އޭނާ ކުޅުނު މެޗުތަކެވެ.

މެންޗެސްޓާ ޔުނައިޓެޑުން 2015 ވަނަ އަހަރުގެ ސީޒަނުގައި ސީނިއާ ކެރިޔަރު ފެށި އުމުރުން 21 އަހަރުގެ ރަޝްފޯޑް ވަނީ ޔުނައިޓެޑަށް ކުޅުނު 144 މެޗުގައި 37 ލަނޑު ކާމިޔާބުކޮށްފައެވެ.

ރަޝްފޯޑް ވަނީ ޔުނައިޓެޑާއެކު އެފްއޭ ކަޕް، ލީގް ކަޕް، އެފްއޭ ކޮމިއުނިޓީ ޝިލްޑް އަދި ޔުއެފާ ޔޫރޮޕާ ލީގުވެސް ކާމިޔާބުކޮށްފައެވެ.

އިންގްލޭންޑް ގައުމީ ޓީމާއެކު ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕްގެ ހަތަރުވަނަ ހޯދި ރަޝްފޯޑް ވަނީ އެޓީމަށް ކުޅުނު 31 މެޗުގައި ހަ ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް