ކ. މާލެ
|
24 ޑިސެންބަރ 2018 | ހޯމަ 18:39
އެފްއޭއެމް ޓީމުގައި ހިމެނޭ ޕީޓާ ޝުމައިކަލް (ކ) އަދި މިޝޭލް ސަލްގާޑޯ (ވ)
އެފްއޭއެމް ޓީމުގައި ހިމެނޭ ޕީޓާ ޝުމައިކަލް (ކ) އަދި މިޝޭލް ސަލްގާޑޯ (ވ)
ޓްވިޓަރ
އިންމަ ރިޓަޔާކުރުން
އިންމަގެ ޓީމާ ދެކޮޅަށް ކުޅޭ އެފްއޭއެމް ޓީމުގައި ގިނަ ތަރިންތަކެއް!
މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ ރޭ

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލުކީޕަރު އިމްރާން މުހައްމަދު (އިންމަ) ގައުމީ ޓީމުން ރިޓަޔާކުރާ މެޗުގައި އިންމަގެ ޓީމާ ދެކޮޅަށް ކުޅޭ އެފްއޭއެމް ޓީމުގައި ގިނަ ފުޓުބޯޅަ ތަރިންތައް ހިމަނައިފިއެވެ.

މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް އާއި އެފްއޭއެމް ގުޅިގެން ބާއްވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްއާ ގުޅުވައިގެން އަންނަ އާދީއްތަ ދުވަހު ކުޅޭ މި މެޗުގައި އެފްއޭއެމް ޓީމުގައި ހިމެނެނީ ކުރީގެ އަދި މިހާރުގެ ގިނަ ފުޓުބޯޅަ ތަރިންނެވެ.

މީގެ އިތުރުން އެފްއޭއެމް ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރޭގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ގޯލު ކީޕަރު ޑެންމާކްގެ ޕީޓާ ޝުމައިކަލް އާއި ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ ހިމެނެއެވެ.

މި ދެ ކުޅުންތެރިންގެ އިތުރުން އެފްއޭއެމް ޓީމުގައި ހިމެނޭ ކުރީގެ ކުޅުންތެރިންނަކީ އިސްމާއިލް އާސިފް (ކުޑަހީނާ) އާއި މުހައްމަދު ވިލްދާން އާއި އިސްމާއިލް އަނިލް އާއި އަލީ ރަޝީދު (ސިލާޗީ) އާއި އަބްދުﷲ އާމިރު (އައްލޯ) އާއި މުހައްމަދު ނަޒީހާއި ފަންތޮށި މުހައްމަދު ނާޒިމާއި ޔޫސުފް އަޒީމް (ޔޫއްޓޭ) އާއި އަންވަރު އަބްދުލްގަނީ އާއި ކުރީގެ ގޯލްކީޕަރު މުހައްމަދު ޝިނާން (ނާނި) އާއި އަހުމަދު ނިއާޒް އަދި މުހައްމަދު އާތިފް އެވެ.

މިހާރުގެ ކުޅުންތެރިންގެ ތެރޭގައި ދާދި ފަހުން ބަންގްލަދޭޝްގައި ނިމިގެންދިޔަ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުގައި ހިމެނޭ ކެޕްޓަން އަކްރަމް އަބްދުލްގަނީ އާއި އަލީ ފާސިރު (ސެންޓޭ) އާއި އަސަދުﷲ އަބްދުﷲ (އަސައްކޮ) އާއި މުހައްމަދު އާރިފް (ބަކާ) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ހިމެނެއެވެ.

މީގެއިތުރުން އެފްއޭއެމް ޓީމުގައި ހިމެނެނީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) އާއި ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) އާއި އަހުމަދު އަބްދުﷲ (ލިލީ) އާއި މުހައްމަދު ރަޝީދު (ހޮކޭ) އާއި އަދި އަހުމަދު ރިޒުވާން (ރިޒޭ) އެވެ.

އެފްއޭއެމް ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ދިރާގު ދިވެހި ޕްރިމިއާ ލީގު މި ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް ކާމިޔާބުކޮށްދިން މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ. އެސިސްޓެންޓް ކޯޗުންނަށް ހަމަޖައްސާފައިވަނީ އަހުމަދު ޝާކިރާއި، ގައުމީ ޓީމުގައި ކުރިން މަސައްކަތްކޮށްފައިވާ އަލީ ނާޝިދު (އޮގަރު އައްޔަ) އާއި މުހައްމަދު ޝާޒްލީ އެވެ. އަދި މެނޭޖަރަކީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭން ކާމިޔާބުކުރިއިރު މެނޭޖަރަކަށް މަސައްކަތްކުރި މުހައްމަދު ހާނިމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް