ކ. މާލެ
|
11 ފެބްރުއަރީ 2017 | ހޮނިހިރު 14:02
އެމްޑީޕީ ޗެއަރޕާސަން ހަސަން ލަތީފު
އެމްޑީޕީ ޗެއަރޕާސަން ހަސަން ލަތީފު
މުހައްމަދު ޝަރުހާން
ޗެއަރޕާސަން އިންތިހާބު
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
އެމްޑީޕީ ޗެއަރޕާސަންގެ މަޤާމަށް ވޯޓުލުން އޮތީ 10 ފެބްރުއަރީގަ
މިހާތަނަށް ފެންނަ ކަމަށް 23188 ވޯޓު ލިބިފައިވޭ
ނުފެންނަ ކަމަށް 160 ވޯޓު

އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ހޮވުނު ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު މިންވަރު ހޯދާދެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޗެއަރޕާސަން ކަމަށް ހޮވުނު ހަސަން ލަތީފަށް މަރުހަބާދަންނާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހަސަން ލަތީފުގެ މަސައްކަތުން އެމްޑީޕީގެ ހިންގުން އިތުރަށް ހަރުދަނާވެ، އެމްޑީޕީ އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.

ޗެއަރޕާސަން ކަމަށް ވޯޓުލުން ހުކުރު ދުވަހު ކުރިއަށްގެންގޮސްފައިވާ އިރު މިހާތަނަށް ވަގުތީ ނަތީޖާ އިއުލާނުކޮށްފައިވާ ފޮށިތަކުން ހަސަން ލަތީފަށް ފެންނަ ކަމަށް 23188 ވޯޓް ލިބިވަޑައިގެންފައިވެ އެވެ. އެ ވޯޓްފޮށިތަކަށް ޖުމުލަ 23404 މީހުން ވޯޓް ލާފައިވެ އެވެ. އޭގެ ތެރެއިން ޗެއާޕާސަން ކަމަށް ހަސަން ލަތީފް އިންތިިހާބު ކުރަން ނުފެންނަ ކަމަށް 160 މީހުން ވޯޓް ދީފައިވާ އިރު ބާތިލް 56 ވޯޓު ހިމެނެ އެވެ.

އެމްޑީޕީގެ އަސާސީ ގަވައިދު ބުނެފައި ވަނީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާ މީހަކު އެމަގާމަށް ހޮވޭނީ އެންމެ މަދުވެގެން އެ ޕާޓީގެ މެމްބަރުންގެ ތެރެއިން 5،000 މެމްބަރުންގެ ތާއިދު ލިބުމުންނެވެ.

ޗެއާޕާސަންގެ މަގާމް ހުސްވީ ކުރިން އެމަގާމުގައި ހުންނެވި އަލީ ވަހީދު އިސްތިއުފާ ދެއްވުމުމުނެވެ.

 

- ކޮމެންޓް