ކ. މާލެ
|
23 ޑިސެންބަރ 2018 | އާދީއްތަ 22:13
ސުނާމީގައި ކަރީޓާއަށް ލިބިފައިވާ ގެއްލުން އެ އަވަށުގެ މީހުން ބަލަނީ
ސުނާމީގައި ކަރީޓާއަށް ލިބިފައިވާ ގެއްލުން އެ އަވަށުގެ މީހުން ބަލަނީ
އަލްޖަޒީރާ
ކަރަކަޓައު އަލިފާން ފަރުބަދަ
ސުނާމީގައި މަރުވި މީހުންގެ އަދަދު 200 އަށްވުރެ މައްޗަށް
ސުނާމީ އައިސްފައިވަނީ ރޭގަނޑު އެ ގައުމުގގެ ގަޑިން 21:30 ހާއިރު

އިންޑޮނީޝިއާގެ ސުންޑަ ސްޓްރެއިޓް ސަރަހައްދަށް އެރި ސުނާމީއެއްގައި މަރުވި މީހުންގެ އަދަދު 220 އަށްވުރެ އިތުރުވެ ޒަޚަމްވި މީހުންގެ އަދަދު 843 އަށް އަރައިފިކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ.

އެއްވެސް އިންޒާރެއްނެތި ރޭގަނޑުގެ ވަގުތުގަައި އައި މި ސުނާމީގައި އެތައްް ސަތޭކަ އިމާރާތެއްވަނީ ހަލާކުވެފައެވެ.

ހޮނިހިރުދުވަހުގެ ރޭ އައި މި ސުނާމީ އައިސްފައިވަނީ ރޭގަނޑު އެ ގައުމުގެ ގަޑިން 21:30 ހާއިރުއެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް އޭޖެންސީން ބުނީ ސުނާމީ އަރާފައި ވަނީ ކަރަކަޓޯއާ އަލިފާންފަރުބަދަ ގޮވައި ކަނޑުއަޑިން ބިންގަޑު ކަނޑައިގެން ގޮސްގެން ކަމަށް ބެލެވޭކަމަށެވެ.

ސުންޑަ ސްޓްރެއިޓަކީ ޖަވާއާއި ސުމަޓްރާ އާއި ދެމެދުން ޖާވާ ކަނޑާ އިންޑިއާ ކަނޑު ގުޅުވައިދޭ ކަނޑުއޮޅިއެވެ. 

މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައި ވަނީ ޕަންޑެލަންގް، ސައުތު ލަމްޕަންގް އަދި ސެރަންގް ސަރަހައްދުންނެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ އިތުރު ސުނާމީއެއް އަތުވެދާނެކަމުގެ ބިރަށް އައްސޭރިފަށުގައި ނުތިބުމަށް އިންޒާރުދީފައެވެ.

ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލްތަކަށްވެސް ސުނާމީގެ އަސަރުކޮށްފައިވާއިރު އޭގެތެރޭގައި ހުޅަނގު ޖާވާގެ ޓަންޖުންގ ލެސުންގ ރިޒޯޓްވެސް ހިމެނެއެވެ. ޑިޒާސްޓަރ މެނޭޖްމަންޓުން ބުނީ ބުރުހަމަ ހަނދެއްގެ ދުވަސްވަރު ހަނދުއަރައި އަދި ބޮޑުދިޔައިގެ ވަގުތަށް ވުމަކީ ރާޅުތަކުގެ ބާރު ގަދަވި ސަބަބެއްކަމުގައި ވެދާނެ ކަމަށެވެ.

ދެ ރާޅެއް އަރާފައިވާއިރު ފުރަތަމަ ރާޅަށްވުރެ ބާރުގަދައީ ފަހުން އައި ރާޅުކަމަށް މަންޒަރު ދުށް މީހުން ވަނީ ބުނެފައެވެ.

ވޭތުވެދިިޔަ ދެ ތިން މަހު އަނަކް ކަރަކަޓޯއާ އަލިފާން ފަރުބަދަައިގެ ހަރަކާތްތައް ވަނީ އިތުރުވެފައެވެ.

އިންޑޮނީޝިއާގެ ޖިއޮލޮޖިކް އޭޖެންސީން ބުނީ ހުކުރު ދުވަހު ފަރުބަދަ ގޮވާފައިވާއިރު ފަރުބަދައިގެ ގޮވުން 12 ސިކުންތައް ދެމިގެންގޮސްފައިވާ ކަމަށާއި ފަރުބަދައިން އެރި ދުމާއަޅި 400 މީޓަރަށް އަރާފައިވާ ކަމަށެވެ.

އެ އޭޖެންސީން ވަނީ ފަރުބަދައާ ދެ ކިލޯމީޓަރަށްވުރެ ކައިރީގައި ނުތިބުމަށް އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް