ކ. މާލެ
|
23 ޑިސެންބަރ 2018 | އާދީއްތަ 19:17
އާސެނަލްގެ ކުރީގެ ކޯޗު ވެންގާ
އާސެނަލްގެ ކުރީގެ ކޯޗު ވެންގާ
ޓްވިޓަރ
އާސެން ވެންގާ
އޭސީ މިލާންގެ ކޯޗުކަމާ ވެންގާ ހަވާލުވަނީ؟
ވެންގާ މަގާމާ ހަވާލުވާނީ ގަޓޫސޯ ވަކިކޮށްފި ނަމަ

އޭސީ މިލާންގެ ކޯޗުކަމާ އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ހަވާލުވާން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އޭސީ މިލާން މި ސީޒަނުގައި ހޯދަމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން ކޯޗުކަމުގައި ހުރި އެޓީމުގެ ކުރީގެ ކުޅުންތެރިޔާ ގަޓޫސޯ މަގާމުން ދުރު ކުރަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެގޮތުން ރިޕޯޓްތައް ބުނާ ގޮތުން ގަޓޫސޯ މަގާމުން ވަކިކޮށްފި ނަމަ، އެ މަގާމާ ހަވާލުން އެންމެ ގާތީ މިދިޔަ ސީޒަނަށް ފަހު އެއްވެސް ޓީމަކާ ހަވާލުނުވެ ހުރި ވެންގާއެވެ.   

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އޭސީ މިލާންގެ ކޯޗުކަމާ ގަޓޫސޯ ވަނީ މި އަހަރުގެ އެޕްރީލް މަހު އެ ކްލަބާ އެކު އޭނާ ހަދާފައިވާ އެއްބަސްވުން 2021 ވަނަ އަހަރުގެ ނިޔަލަށް އާކޮށްފައެވެ.

މި ސީޒަނުގެ އިޓާލިއަން ލީގުގައި އޭސީ މިލާން ކުޅުނު 17 މެޗުގެ ތެރެއިން މޮޅުވެފައި ވަނީ ހަތް މެޗުންނެވެ. ބާކީ ހަތަރު މެޗުން ބަލިވެފައިވާއިރު، ހަ މެޗުން ވަނީ އެއްވަރުވެފައެވެ. އެޓީމު އޮތީ ޕޮއިންޓް ތާވަލުގެ ފަސްވަނައިގައެވެ.

މި އަހަރުގެ އޮކްޓޫބަރު މަހު ވެންގާ ބުނެފައި ވަނީ ކުރިޔަށް އޮތް ޖެނުއަރީ މަހު ޓީމަކާ ހަވާލުވާނެ ކަމަށެވެ. އެހެންނަމަވެސް އޭނާ ހަވާލުވަނީ ކޮން ޓީމަކާ ކަމެއް އިއުލާންކޮށްފައެއް ނުވެއެވެ.

އާސެނަލްގެ ކޯޗުގެ މަގާމާ ވެންގާ ހަވާލުވީ 1996 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ޕްރިމިއާ ލީގުގައި އޭނާ އެ ޓީމަށް 823 މެޗުގައި އިރުޝާދު ދީފައިވާއިރު މިއީ ރެކޯޑެކެވެ. ވެންގާގެ އިރުޝާދުގެ ދަށުން އާސެނަލް އިން 1549 ލަނޑު ޖަހާފައިވާއިރު އޭނާ އެ މަގާމު ދޫކޮށްލީ ސަޕޯޓަރުންގެ ފަރާތުން ވޭތުވެދިޔަ ދެ ސީޒަނުގައި އޭނާއަށް ކުރިމަތިވި ފާޑުކިޔުންތަކުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އުމުރުން 68 އަހަރުގެ ވެންގާ ވަނީ އާސެނަލްގައި އޭނާ ހޭދަކުރި ދުވަސްތަކުގައި އެ ޓީމަށް ތިން ޕްރިމިއާ ލީގާއި ހަތް އެފްއޭ ކަޕް ކާމިޔާބުކޮށްދީފައިވެއެވެ. ވެންގާގެ އިރުޝާދުގެ ދަށުން އާސެނަލްއިން ހޯދި އެންމެ ބޮޑު ކާމިޔާބަކީ 2004 ވަނަ އަހަރުގެ ޕްރިމިއާ ލީގުގެ ތަށި އެއްވެސް މެޗަކުން ބަލިނުވެ އުފުލާލުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް