ކ. މާލެ
|
23 ޑިސެންބަރ 2018 | އާދީއްތަ 19:15
ރެއާލުން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ކްލަބް ވޯލްޑްކަޕް އުފުލާލަނީ
ރެއާލުން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ކްލަބް ވޯލްޑްކަޕް އުފުލާލަނީ
ޓްވިޓަރ
ކްލަބް ވޯލްޑް ކަޕް
ކްލަބް ވޯލްޑް ކަޕް: އަލް އައިން ބަލިކޮށް ރެއާލުން ޗެމްޕިއަންކަން ހޯދައިފި
މިއީ ރެއާލުން ޖެހިޖެހިގެން މުބާރާތް ކާމިޔާބުކުރި ތިންވަނަ ފަހަރު

ފީފާ ކްލަބް ވޯލްޑް ކަޕްގައި އަލް ޔޫއޭއީގެ އަލް އައިން ބަލިކޮށް ރެއާލް މެޑްރިޑުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އަލް އައިންއާ ވާދަކޮށް ރެއާލުން ކާމިޔާބުކުރީ 1-4 ގެ ނަތީޖާއަކުންނެވެ.

ޔޫއޭއީގައި ކުޅުނު މި މެޗު ފެށިގެން އަލް އައިންގެ ފަރާތުން ނުރައްކާތެރި ދެ ހަމަލާއެއް ފެނިގެންދިޔައެވެ. އެހެން ނަމަވެސް އެ ހަމަލާތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި އެޓީމަށް ހިފިފައެއް ނުވެއެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ރެއާލުންނެވެ. މި ލަނޑު 14 ވަނަ މިނެޓުގައި ކާމިޔާބުކުރީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ކްރޮއޭޝިއާގެ ލޫކަ މޮޑްރިޗްއެވެ.

މި ލަނޑަށް ފަހު ވެސް ރެއާލްއަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ކަރިމް ބެންޒެމާއަށް ލިބުނު ހުސް ފުރުސަތުތައް ހިމެނެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާ އިން އަލް އައިންގެ މައްޗަށް ރެއާލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ރެއާލް އިން ވަނީ އެ ޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން 60 ވަނަ މިނެޓުގައި މާކޯސް ލޮރެންޓޭ ކާމިޔާބުކުރި ލަނޑުން އެ ޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މިއީ އޭނާ ރެއާލްގެ ސީނިއާ ޓީމަށް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

ރެއާލްގެ ތިންވަނަ ލަނޑު 78 ވަނަ މިނެޓުގައި ސާޖިއޯ ރާމޮސް ކާމިޔާބުކުރިއިރު، ހަތަރުވަނަ ލަނޑަކީ އަލް އައިންގެ ނާދިރު މުސްތަފާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އަލް އައިންގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ސުކާސާ ޝިއޮޓާނީއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރެއާލް އަށް ސެމީގައި ހެޓްރިކެއް ހަދައިދިން ގެރެތު ބޭލްއެވެ. މިއީ ރެއާލުން މި މުބާރާތް ޖެހިޖެހިގެން ކާމިޔާބުކުރި ތިންވަނަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް