Advertisement
ކ. މާލެ
|
11 ފެބްރުއަރީ 2017 | ހޮނިހިރު 13:06
ފުވައްމުލަކު ކުޅީފައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރމަނުން
ފުވައްމުލަކު ކުޅީފައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރމަނުން
ގޫގުލް
ފުވައްމުލައް
ފުވައްމުލަކު ކުޅީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
ފުވައްމުލަކު ކުޅީގައި ރޯވީ ހުކުރު ދުވަހު 11:45 ގައި
ނިއްވާލެވިފައި ވަނީ ހުކުރު ދުވަހުގެ 15:30 ގައި
އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ

ފުވައްމުލަކު ދަނޑިމަގު އަވަށު ކުޅި ސަރަޙައްދުގައި ރޯވި އަލިފާން އެމްއެންޑީއެފް ސަދަން އޭރިއާ، ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ނިއްވާލައިފިއެވެ.

 

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު ހުކުރު ދުވަހުގެ 11:45 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބުމާ ގުޅިގެން، ފުވައްމުލަކު ފަޔާ ސްޓޭޝަނުގައި ތިބި އެމްއެންޑީއެފްގެ ފަޔާމަނުން ވަނީ އެސަރަޙައްދަށް ގޮސް ވަގުތުން ހަރަކާތްތެރިވެފަ ކަމަށާއި ފަޔާމަނުން ކުރި މަސައްކަތުން، އަލިފާންގަނޑު އާންމުން ދިރިއުޅޭ ސަރަޙައްދަށް އިތުރަށް ނުފެތުރޭނެ ގޮތަށް ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.

 

 

ފުވައްމުލަކު ދަނޑިމަގު އަވަށު ކުޅި ސަރަޙައްދުގެ ބޮޑުބައެއްގައި ރޯވި މިއަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ ހުކުރު ދުވަހުގެ ހަވީރު 15:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

 

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް