ކ. މާލެ
|
23 ޑިސެންބަރ 2018 | އާދީއްތަ 08:40
ޒީރޯގެ ޕޯސްޓަރު
ޒީރޯގެ ޕޯސްޓަރު
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ޒީރޯގެ ފެށުން ލަފާކުރިވަރަށް ވުރެން ދަށް
ފިލްމް ރިލީޒް ކުރި ދުވަހު ފިލްމަށް ލިބިފައިވަނީ 20 ކްރޯޑް އިންޑިއަން ރުޕީސް

ޝާހުރުކް ޚާން އާއި ކެޓްރީނާ ކެއިފް އަދި އަނުޝްކާ ޝަރްމާ ލީޑް ރޯލުން ފެނިގެންދާ ފިލްމް "ޒީރޯ"ގެ ފެށުން ފިލްމް ދިރާސާކުރާ ފަރާތްތަކުން އަންދާޒާކުރި ވަރަށް ވުރެ ދަށް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި މަހުގެ 21 ވަނަ ދުވަހު ރިލީޒް ކުރި މި ފިލްމަށް ފިލްމް ރިލީޒް ކުރުމުގެ ކުރިން ފުރަތަމަ ދުވަހު 30 ކްރޯޑަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ފިލްމް ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. ނަމަވެސް ބޮކްސް އޮފީސް އިންޑިއާ ޑޮޓްކޮމްގައި ރިޕޯޓްކޮށްފައިވާ ގޮތުން މި ފިލްމް ރިލީޒް ކުރި ދުވަހު ފިލްމަށް ލިބިފައިވަނީ 20 ކްރޯޑް އިންޑިއަން ރުޕީސް އެވެ. މި އަދަދު ހަފްތާ ބަންދާއި ކްރިސްމަސް ހޮލިޑޭ އާއި އެކު އިތުރުވެގެން ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވަނީ ބުނެފައެވެ.

މި ފިލްމަށް ލިބުނު އާމްދަނީ އެންމެ ފަހުން ރިލީޒް ކުރި ފިލްމް 2.0 އާއި މާބޮޑު ތަފާތެއް ނެތެވެ. އެ ފިލްމަށް ލިބިފައިވަނީ ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި 21 ކްރޯޑް އިންޑިއަން ރުޕީސް އެވެ.

އާނަންދް އެލް ރާއީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގައި ޝާހުރުކް ޚާން ފެނިގެން ދަނީ ބައުއާ ސިންގް ގެ ރޯލުންނެވެ. އަދި ކެޓްރީނާ ފެނިގެން ދަނީ ބޮލީވުޑް ސުޕަރ ސްޓާއެއް ގެ ރޯލުން ނެވެ. އަނުޝްކާ ފެނިގެން ދަނީ ނުކުޅެދުންތެރިކަން ހުންނަ ސައިންޓިސްޓެއްގެ ރޯލުންނެވެ.

- ކޮމެންޓް