ކ. މާލެ
|
22 ޑިސެންބަރ 2018 | ހޮނިހިރު 08:00
ޑޯޓްމަންޑް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ޑޯޓްމަންޑް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ޓްވިޓަރ
ބުންޑަސްލީގާ
ބުންޑަސްލީގާ: މޮންޗެންގްލެޑްބެކް ބަލިކޮށް ޑޯޓްމަންޑުން ލީޑު ފުޅާކޮށްފި
ޑޯޓްމަންޑް ވަނީ އެއްވަނައިގައި ނުވަ ޕޮއިންޓްގެ ލީޑެއް ނަގާފައި

ބުންޑަސްލީގާގައި ބޮރޫޝިއާ މޮންޗެންގްލެޑްބެކް ބަލިކޮށް ބޮރޫޝިއާ ޑޯޓްމަންޑުން ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފިއެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު ބޮރޫޝިއާ މޮންޗެންގްލެޑްބެކްއާ ވާދަކޮށް ޑޯޓްމަންޑުން މެޗު ކާމިޔާބުކުރީ 1-2 ގެ ނަތީޖާއާކުންނެވެ.

ޑޯޓްމަންޑް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން ބޮރޫޝިއާ މޮންޗެންގްލެޑްބެކްގެ ހާފަށް ބާރުބޮޑުކޮށް އެޓީމުން ވަނީ ހަމަލާ އުފައްދަން މަސައްކަތް ކޮށްފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޑޯޓްމަންޑުންނެވެ. މި ލަނޑު 42 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ސެންޗޯއެވެ.

އެހެންނަމަވެސް ފުރަތަމަ ހާފްގެ އިތުރުވަގުތުގައި ބޮރޫޝިއާ މޮންޗެންގްލެޑްބެކްއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ކްރެމާއެވެ.

މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޑޯޓްމަންޑުން އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައިވާއިރު، 57 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު އަނބުރާ ހޯދާފައެވެ. މި ލަނޑު މާރިއޯ ގޮޓްޒާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ މާކޯ ރެއުސްއެވެ.

މީގެއިތުރުންވެސް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ޑޯޓްމަންޑަށް ވަނީ ލިބި ބޭކާރުވެފައެވެ. މި ހާފްގައި ބޮރޫޝިއާ މޮންޗެންގްލެޑްބެކްއަށްވެސް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ލިބި ބޭކާރުވިއެވެ.

މި ނަތީޖާއާއެކު ޑޯޓްމަންޑް އެއްވަނައިގައި އޮތީ 17 މެޗުން ލިބުނު 42 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތީ 17 މެޗުން 33 ޕޮއިންޓާއެކު ޑޯޓްމަންޑް އަތުން ބަލިވި ބޮރޫޝިއާ މޮންޗެންގްލެޑްބެކްއެވެ. އެގޮތުން ޑޯޓްމަންޑަށް ވަނީ އެއްވަނައިގައި ނުވަ ޕޮއިންޓްގެ ލީޑެއް ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް