ކ. މާލެ
|
22 ޑިސެންބަރ 2018 | ހޮނިހިރު 09:49
ޔުނައިޓެޑަށް ކުޅެމުން އަންނަ ޕައުލް ޕޮގްބާ
ޔުނައިޓެޑަށް ކުޅެމުން އަންނަ ޕައުލް ޕޮގްބާ
ގެޓީ އިމޭޖަސް
ޕައުލް ޕޮގްބާ
ޔުވަންޓަސްއިން ޕޮގްބާއަށް ބިޑުކުރަނީ!
ޕޮގްބާގެ އެއްބަސްވުން ހަމަވާނީ 2021 ގައި

ޔުވަންޓަސްއިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފިލްޑަރު ޕައުލް ޕޮގްބާއަށް ބޮޑުކުރާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިޓަލީގެ ނޫސްތަކުން ބުނީ ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާއަށް އަމާޒުކޮށް ޔުވަންޓަސްއިން ޕޮގްބާއަށް ބިޑުކުރަން ތައްޔާރުވަމުން އަންނަ ކަމަށާއި، އެކަމަށް ކުރަން ޖެހޭ ކަންކަން އެ ކްލަބުން ކުރަމުންދާ ކަމަށެވެ.

އެގޮތުން އޭނާ ހޯދުމަށް ޔުވަންޓަސްއިން 80 މިލިއަން ޕައުންޑު ހުށަހަޅާނެ ކަމަށް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ. ނަމަވެސް މިކަންތައް އަދި ކަށަވަރުވާ ގޮތެއް ނުވެއެވެ.

ރިޕޯޓްތައް ބުނާގޮތުން ޕޮގްބާ އާއި ޔުނައިޓެޑުގެ ކުރީގެ ކޯޗު ހޯޒޭ މޮރީނިއޯއާ ދެމެދު މައްސަލަތަކެއް ޖެހުނު ފަހުން ޕޮގްބާ އެ ކްލަބް ދޫކޮށްލާނެ ކަމަށް ބެލެވުނެވެ. ނަމަވެސް ޔުނައިޓެޑުގެ ކޯޗުކަމުން މޮރީނިއޯ ވަކިކުރުމާއެކު ޕޮގްބާ ޔުނައިޓެޑު ދޫކޮށްލާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން ކޯޗުކަމުން މޮރީނިއޯ ވަކިކުރި ނަމަވެސް ޕޮގްބާ ޔުވަންޓަސްއަށް ބަދަލުވާނެއެވެ. އަދި ޔުވަންޓަސް އަށް ބަދަލުވާން ޕޮގްބާވެސް ބޭނުންވާވާކަމަށް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

ޔުނައިޓެޑާ އެކު ޕޮގްބާ ހާދާފައިވާ އެއްބަސްވުން 2021 ވަނަ އަހަރު ހަމަވާ އިރު، އޭނާ އަށް މިހާރު ލިބެނީ ހަފްތާއަކު 290،000 ޕައުންޑެވެ.

ޔުނައިޓެޑުން 2010 ވަނަ އަހަރު ކެރިޔަރު ފެށި އުމުރުން 25 އަހަރުގެ ޕޮގްބާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 108 މެޗުގައި 20 ލަނޑު ކާމިޔާބުކޮށްފަ އެވެ. އޭނާ ވަނީ އެޓީމާއެކު ލީގް ކަޕް އަދި ޔޫރޮޕާ ލީގު ވެސް ކާމިޔާބުކޮށްފަ އެވެ.

ޕޮގްބާ ވަނީ ޔުވަންޓަސް އަށް ވެސް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. އޭނާ ވަނީ އެޓީމަށް ކުޅުނު 178 މެޗުގައި 34 ލަނޑު ކާމިޔާބުކުރުމުގެ އިތުރުން، އެ ޓީމާއެކު އިޓާލިއަން ލީގު ހަތަރު ފަހަރު، ކޮޕާ އިޓާލިއާ ދެ ފަހަރު އަދި އިޓާލިއަން ސުޕާކަޕް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ.

ފްރާންސާ އެކު 2013 ވަނަ އަހަރު 20 އަހަރުން ދަށުގެ ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ ޕޮގްބާ ވަނީ ސީނިއާ ޓީމުގައި ހިމެނި 64 މެޗު ކުޅެ 10 ލަނޑު ކާމިޔާބުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް