ސައިކަލް ދުއްވުމުގެ ޑްރައިވިން ޓެސްޓް ހެދުމަށް އަންހެނަކު ބޭނުންވާ އަންހެނުންނަށް އެކަމުގެ އިންތިޒާމް ހަމަޖައްސައިދެއްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
މިގޮތަށް ހަމަޖެއްސެވީ ޝައިޚް އަލީ ޒާހިރު ކުރެއްވި ޓުވީޓެއްގައި ލައިސަންސް ނަގަން ޑްރައިވިން ޓެސްޓް ހަދާއިރު ފިރިހެން ބޭފުޅަކު ފަހަތަށް އަރުވަން ބޭނުންނުވާ އުޚުތުންނަށް ފަސޭހަކަމާއެކު އަންހެން ބޭކަނބަލަކު ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގަތުމާ އެކު އެވެ.
@alizahirsaeed Thiya dhevvi rangalhu khiyaalaai ehgothah hama jessumah mihaaru vaanee rasmeekoh angaafa, Insha'Allah varah avahah ekan hama jehigen dhaane.
— Aishath Nahula (@aishath_nahula) December 20, 2018
ޝައިޚް އަލީ ޒާހިރުގެ ޓުވީޓަށް ޖަވާބު ދެއްވާ ޓްރާސްންޕޯރޓް މިނިސްޓަރު އައިޝަތު ނަހުލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝައިޚް އަލީ ޒާޙިރު ދެއްވި ރަނގަޅު ޚިޔާލެއް ކަމަށާއި އެއްގޮތަށް ހަމަޖެއްސުމަށް މިހާރުވަނީ ރަސްމީކޮށް އަންގަވާފައި ކަމަށެވެ.
"އިންޝާ ﷲ ވަރަށް އަވަހަށް އެކަން ހަމަޖެހިގެންދާނެ،" ޓްވީޓްގައި ވިދާޅުވެފައިވެ އެ އެވެ.