ކ. މާލެ
|
19 ޑިސެންބަރ 2018 | ބުދަ 20:57
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް
މުހައްމަދު ޝަރުހާން
އަހުމަދު މަހްލޫފް
ބަލަމުން ދަނީ ދައުލަތުން ފުޓުބޯޅައަށް ހަރަދުކުރާ ފައިސާއަށް ވީ ގޮތް: މަހްލޫފް
އޭއެފްސީން ރާއްޖެ ސަސްޕެންޑެއް ނުކުރާނެ

"ފެކްޓް ފައިންޑިން ކޮމިޓީ" އިން ބަލަނީ ދައުލަތުން ފުޓުބޯޅައަށް ހަރަދުކުރާ ފައިސާއަށް ވީ ގޮތް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

އޭއެފްސީ ކަޕް މުބާރާތުގެ ޖާގަ ރާއްޖެއަށް ގެއްލުނު ސަބަބު ހޯދުމަށް ޔޫތު މިނިސްޓްރީން މަސައްކަތް ފެށުމާ އެކު، އޭއެފްސީން އެކަން ހުއްޓާލުމަށް ޔޫތު މިނިސްޓްރީއަށް އަންގާ އިންޒާރުދީފައިވާ ކަމަށް މީޑިއާތަކުގައި ރިޕޯޓްކުރަމުންދިޔަ ދަނޑިވަޅެއްގައި މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭއެފްސީން މިނިސްޓްރީއަށް އިންޒާރު ނުދޭ ކަމަށެވެ.

އޭއެފްސީން އެފްއޭއެމް އަށް މިގޮތަށް ސިޓީއެއް ފޮނުވީ، އެފްއޭއެމުން މިކަމުގެ ލަފައަކަށް އެދި އޭއެފްސީއަށް ސިޓީއެއް ފޮނުވުމުންނެވެ. އެގޮތުން އޭއެފްސީން ވަނީ އެފްއޭއެމްގެ ކަންކަމުގެ ތެރެއަށް އިތުރު ތިންވަނަ ފަރާތެއް ވަނުމަކީ ކުށެއް ކަމަށެވެ. އަދި އެފްއޭއެމްގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

އެހެން ނަމަވެސް މަހްލޫފް ވިދާޅުވީ، އެފްއޭއެމްގެ ރައީސް ބައްސާމް އަލީލް ޖަލީލު އަރިހުގައި އެފްއޭއެމް ތެރެއަށް ނުފޫޒް ނުފޯރުވާ ކަމުގެ ޔަގީންކަން ދީފައިވާނެ ކަމަށާއި، ފައިސާގެ ކަންކަމާ ގުޅިގެން ރައްޔަތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭ ކަމަށެވެ.  

މައުލޫމާތު ލިބޭގޮތުގައި އެފްއޭއެމް އަށް އެކި ގޮތްގޮތަށް ފައިސާ ވަދެފައިވާއިރު، އެ ފައިސާ ހަރަދުކުރި ގޮތް އެނގޭކަށް ނެތެވެ. އަދި ބައެއް ފައިސާއަށް ވީނުވީ ވެސް ނޭގެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް