ކ. މާލެ
|
19 ޑިސެންބަރ 2018 | ބުދަ 09:52
އޭސީ މިލާން އަދި ބޮލޮގްނާ ބައްދަލުކުރި މެޗުގެ ތެރެއިން
އޭސީ މިލާން އަދި ބޮލޮގްނާ ބައްދަލުކުރި މެޗުގެ ތެރެއިން
ޓްވިޓަރ
އިޓާލިއަން ލީގު
އިޓާލިއަން ލީގު: އޭސީ މިލާނުން ފުރުސަތު ނަގާލައިފި
އޭސީ މިލާން ވަނީ ބޮލޮގްނާއާ ވާދަކޮށް 0-0 އިން އެއްވަރުވެފައި

އިޓާލިއަން ލީގުގެ ހަތަރުވަނައިގައި ލީޑު ފުޅާކުރަން ލިބުނު ފުރުސަތު އޭސީ މިލާނުން ނަގާލައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ބޮލޮގްނާއާ ދެކޮޅަށް އޭސީ މިލާން ކުޅުނު މެޗު ނިމުނީ 0-0 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

ބޮލޮގްނާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅުނީ އޭސީ މިލާނުންނެވެ. އެގޮތުން އެޓީމުން ވަނީ ބޮލޮގްނާގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދާފައެވެ.

މި ހާފްގައި ބޮލޮގްނާ އަށް ވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިފައެވެ. އެހެންނަމަވެސް އެ ހަމަލާތައް އޭސީ މިލާނުން ވަނީ ދިފާއުކޮށްފައެވެ.

ދެވަނަ ހާފް ފެށިގެންވެސް ދެޓީމަށްވެސް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން އޭސީ މިލާނަށް ލިބުނު ހުސް ފުރުސަތުތައް ހިމެނެއެވެ.

މެޗުގައި އޭސީ މިލާނަށް ހުރަސްތަކާ ކުރިމަތިވީ 76 ވަނަ މިނެޓުގައި އެޓީމުގެ ބަކަޔޯކޯ އަށް ދެވަނަ ރީނދޫ ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. އެގޮތުން ދެވަނަ ހާފްގެ 14 މިނެޓު އެޓީމުން ކުޅުނީ 10 ކުޅުންތެރިންނާއެކުގައެވެ.

އޭގެ ފައިދާ ނަގާ ބޮލޮގްނާ އިން ވަނީ އޭސީ މިލާންގެ ގޯލަށް ނުރައްކާކޮށްފައެވެ. އެހެންނަމަވެސް އެޓީމަކަށް މެޗުގައި ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ.

މި ނަތީޖާއާއެކު އެސީ މިލާން އޮތީ ކުޅުނު 16 މެޗުން ލިބުނު 27 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރު ވަނައިގައެވެ. ބޮލޮގްނާ އޮތީ ކުޅުނު 16 މެޗުން ލިބުނު 12 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 18 ވަނައިގައެވެ.

އޭސީ މިލާންއާ އެންމެ ވާދަވެރި ލާޒިއޯ އޮތީ ފަސްވަނައިގައި 16 މެޗުން  25 ޕޮއިންޓާއެކުގައެވެ. ހަވަނައިގައި އެޓަލާންޓާ އޮތީ 25 ޕޮއިންޓާއެކުގައެވެ. އަދި ހަތްވަނައިގައި އޮތީ 24 ޕޮއިންޓާއެކު ރޯމާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް