ކ. މާލެ
|
17 ޑިސެންބަރ 2018 | ހޯމަ 20:49
ބާސާ އަށް ކުޅެމުން އަންނަ މެލްކޮމް
ބާސާ އަށް ކުޅެމުން އަންނަ މެލްކޮމް
ގެޓީ އިމޭޖަސް
މެލްކޮމް ބާސާ ދޫކޮށްލުން
މެލްކޮމް ހޯދަން ޗައިނާގެ ކްލަބަކުން 65 މިލިއަން ޔޫރޯ ހުށަހަޅައިފި
މެލްކޮމް ހޯދަން ގިނަ ކްލަބްތަކުން މަސައްކަތްކުރޭ

ބާސެލޯނާއަށް ކުޅެމުން އަންނަ ބްރެޒިލްގެ ޒުވާން ވިންގާ މެލްކޮމް ހޯދުމަށް ޗައިނާގެ ކްލަބަކުން 65 މިލިއަން ޔޫރޯ ހުށަހަޅައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އޭއެސް އިން ބުނީ މެލްކޮމް ހޯދުމަށް ޗައިނާގެ ކްލަބަކުން 65 މިލިއަން ޔޫރޯ ބާސާ އަށް ހުށަހަޅާފައިވާ ކަމަށާއި، އެ އަގަށް ބާސާ ވެސް ހިތްހަމަޖެހޭ ކަމަށެވެ.

އެގޮތުން ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި މެލްކޮމް ޗައިނާގެ ކްލަބަށް ވިއްކާލަން ބާސާ އިން ތައްޔާރުވަމުން އަންނަ ކަމަށްވެސް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

މި އަހަރުގެ ޖުލައި މަހު 41 މިލިއަން ޔޫރޯގެ އިތުރުން ބޯނަސްގެ ގޮތުގައި އެއް މިލިއަން ޔޫރޯ ދިނުމަށް ފަހު ބާސާ އިން މެލްކޮމް ގެނައީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮރިންތިއަންސް އިން 2014 ވަނަ އަހަރު ކެރިޔަރު ފެށި އުމުރުން 21 އަހަރުގެ މެލްކޮމް ވަނީ އެ ކްލަބަށް ކުޅުނު 70 މެޗުގައި 10 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އެ ކްލަބާއެކު ބްރެޒިލިއަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ.

ކޮރިންތިއަންސް ދޫކޮށްލުމަށް ފަހު މެލްކޮމް ދެން ބަދަލުވީ ބޯޑޯ އަށެވެ. އެގޮތުން އޭނާ ވަނީ ބޯޑޯ އަށް ކުޅުނު 96 މެޗުގައި 23 ލަނޑު ކާމިޔާބުކޮށްފައެވެ.

ބޯޑޯ އަށް ކުޅުމަށް ފަހު މި ސީޒަނުގައި ބާސާ އަށް ބަދަލުވެ މެލްކޮމް މިހާތަނަށް ކުޅުނީ ނުވަ މެޗެވެ. އެ ނުވަ މެޗުގައި އޭނާ ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ.

ބްރެޒިލްއާއެކު 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ދެވަނަ 2015 ވަނަ އަހަރު ހޯދި މެލްކޮމް ވަނީ ބްރެޒިލްގެ ޒުވާން ޓީމުތަކަށް ވެސް ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް