ކ. މާލެ
|
17 ޑިސެންބަރ 2018 | ހޯމަ 18:28
ލިވަޕޫލް އަދި ބަޔާން ބައްދަލުކުރި މެޗެއްގެ ތެރެއިން
ލިވަޕޫލް އަދި ބަޔާން ބައްދަލުކުރި މެޗެއްގެ ތެރެއިން
ޓްވިޓަރ
ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ގަދަ 16 ގައި ލިވަޕޫލް ނިކުންނާނީ ބަޔާންއާ ދެކޮޅަށް
ޔުވަންޓަސް ނިކުންނާނީ އެޓްލެޓިކޯއާ ދެކޮޅަށް
ޔުނައިޓެޑު ނިކުންނާނީ ޕީއެސްޖީއާ ދެކޮޅަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ބަޔާން މިއުނިކާ ދެކޮޅަށް ލިވަޕޫލް ކުޅޭ ގޮތަށް ހަމަޖެހިއްޖެއެވެ.

ހޯމަ ދުވަހު ނެގި ގުރުލުމުގައި ބަޔާންއާ ދެކޮޅަށް ލިވަޕޫލް ނިކުންނައިރު، މެންޗެސްޓާ ޔުނައިޓެޑް ނިކުންނާނީ ޕެރިސް ސެއިންޓް ޖާމަން ޕީއެސްޖީއާ ދެކޮޅަށެވެ. އެޓްލެޓިކޯ މެޑްރިޑުން ޔުވަންޓަސްއާ ދެކޮޅަށް ނިކުންނައިރު، ޓޮޓެންހަމް ހޮޓްސްޕާ ނިކުންނާނީ ބްރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށެވެ.

ބާސެލޯނާ އިން ލިޔޯންއާ ދެކޮޅަށް ނިކުންނައިރު، ރޯމާ ނިކުންނާނީ ޕޯޓޯއާ ދެކޮޅަށެވެ. އަދި ރެއާލް މެޑްރިޑާ ދެކޮޅަށް އަޔެކްސް ނިކުންނައިރު، މެންޗެސްޓާ ސިޓީ ނިކުންނާނީ ޝާލްކޭއާ ދެކޮޅަށެވެ.

މިފަހަރުގެ ގަދަ 16 ގެ މެޗުތައް ވާދަވެރިވެފައި، އެތައް ގޮތަކުން ހާއްސަވެސް ވެއެވެ. އެގޮތުން ގަދަ 16 ގައި ހިމެނޭ ހަތަރު ޓީމަކީ އިނގިރޭސި ޓީމުތަކެވެ. އޭގެ ތެރެއިން ތިން ޓީމު ގަދަ 16 ގައި ބައްދަލުކުރަންޖެހެނީ ޖަރުމަންގެ ޓީމުތަކާއެވެ.

ގަދަ 16 ގެ ފުރަތަމަ މެޗުތައް އަންނަ ފެބްރުއަރީ މަހުގެ 12 އަދި 13 ވަނަ ދުވަހު ކުޅޭއިރު، ބަކީ މެޗުތައް ކުޅޭނީ 19 އަދި 20 ވަނަ ދުވަހު އެވެ. ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ މާޗް މަހުގެ ފަހެއް އަދި ހަވަނަ ދުވަހު އަދި އެ މަހުގެ 12 އަދި 13 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް