ކ. މާލެ
|
17 ޑިސެންބަރ 2018 | ހޯމަ 17:05
މޯލްޑިވްސް ފުޓްބޯލް އެވޯޑްސް
މޯލްޑިވްސް ފުޓްބޯލް އެވޯޑްސް
ފޭސްބުކް
މޯލްޑިވްސް ފުޓްބޯލް އެވޯޑްސް
އަންހެން ދެ އެވޯޑެއް އިތުރުކޮށް، މޯލްޑިވްސް ފުޓްބޯލް އެވޯޑްސް މި މަހު 28 ގައި
އަންހެން އެންމެ އުންމީދީ ކުޅުންތެރިޔާ ހޮވާނެ
އަންހެން ފުޓުބޯޅަ އަށް ހިދުމަތްކޮށްދިން ކުޅުންތެރިޔަކު ހޮވާނެ

އަންހެން ދެ އެވޯޑެއް އިތުރުކޮށް، މޯލްޑިވްސް ފުޓްބޯލް އެވޯޑްސް މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމްގެ އެޑިޓަރު ޝިމާޒް އަލީ ވިދާޅުވީ، މި އަހަރުގެ އެވޯޑުގައި އަންހެން ދެ އެވޯޑެއް ދިނުމަށް ނިންމާފައިވާ ކަމަށާއި، އޭގެ ތެރެއިން އެއް އެވޯޑަކީ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ އެންމެ އުންމީދީ ކުޅުންތެރިޔާގެ އިތުރުން ގައުމީ ޓީމަށް ހިދުމަތްކޮށްދީފައިވާ ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިޔަކު ވެސް ހޮވާނެ ކަމަށެވެ.  

ޝިމައްޓެ ވިދާޅުވީ، މިދިޔަ ދެ ފަހަރު ވެސް އަންހެން ކުޅުންތެރިންނަށް އެވޯޑު ދިނުމަށް މަސައްކަތް ކުރި ކަމަށާއި، އެހެންނަމަވެސް މިދިޔަ ދެ އަހަރު ވެސް އަންހެން ކުޅުންތެރިން ބައިވެރިވި އެކަށީގެންވާ މުބާރާތެއް ނެތް ކަމަށެވެ.

އެހެންނަމަވެސް ޝިމައްޓެ ވިދާޅުވީ، މި އަހަރު އަންހެން ޓީމު ގިނަ އިންޓަނޭޝަނަލް މެޗުތަކެއް ކުޅެފައި ކަމަށާއި، އެގޮތުން އަންހެން ކުޅުންތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން އެވޯޑު ދިނުމަށް ނިންމީ ކަމަށެވެ.  

ޝިމައްޓެ ވިދާޅުވީ، އެހެން އަހަރުތަކާ އެއްގޮތަށް މި އަހަރު ވެސް އެވޯޑުތަކަށް ކުޅުންތެރިން ހޮވާފައި ވަނީ މުޅި އަހަރުގައި ކުޅުންތެރިން ދެއްކި ޕާފޯމެންސްއަށް ބެލުމަށްފަހު، އެފްއޭއެމް އާއި މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް ގުޅިގެން ނަގާފައިވާ ފަސް މެމްބަރުންގެ ޖަޖިން ޕެނަލްއަކުން ކަމަށެވެ.

ޝިމައްޓެ ވިދާޅުވީ، ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ހޮވޭނީ ފުރަތަމަ ޑިވިޝަން ކްލަބްތަކުގެ ކެޕްޓަނުންނާއި، ފުރަތަމަ ޑިވިޝަންގެ ކޯޗުންނާއި، ދެވަނަ ޑިވިޝަން އަދި ތިންވަނަ ޑިވިޝަންގެ ކޯޗުންގެ ވޯޓާއެކުގައި ކަމަށެވެ.   

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ، މިފަހަރުގެ އިވެންޓް ވަރަށް ފުރިހަމަކޮށް ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެގޮތުން އެކަމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި އެވޯޑް ހަފްލާގައި ހާއްސަ މެހެމާނުންގެ ގޮތުގައި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކީޕަރު ޕީޓާ ޝުމައިކަލް އާއި ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ ބައިވެރިވާނެއެވެ.

ބިދޭސީ ކުޅުންތެރިންނަށް ވާދަކުރަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެމުން އަންނަ ކޯނެލިއަސް ސްޓެވާޓް އާއި ޓީސީގެ އަލާގެ އިތުރުން ކްލަބް ގްރީން ސްޓްރީޓްގެ ރޮލާންޑް ރަސެލް ބިލާލާއެވެ އެންމެ މޮޅު ކީޕަރުންނަށް ވާދަކުރަނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކީޕަރު މުހައްމަދު ފައިސަލް އާއި ޓީސީ ސްޕޯޓްސް ކްލަބްގެ ކީޕަރު ލިމްބޫ ކިރަން ކުމާރު އަދި ކްލަބް އީގަލްސްގެ ސުޖަން ޕެރޭރާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް