ކ. މާލެ
|
17 ޑިސެންބަރ 2018 | ހޯމަ 21:35
މޮރީނިއޯ (ކ) އަދި ސަލާހު (ވ)
މޮރީނިއޯ (ކ) އަދި ސަލާހު (ވ)
ގެޓީ އިމޭޖަސް
މުހައްމަދު ސަލާހު
ސަލާހު އަކީ ނިއުކްލިއާ ބިރުވެރިކަމެއް ފަދަ ކުޅުންތެރިޔެއް: މޮރީނިއޯ
ސަލާހު އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިޔެއް

ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހު އަކީ ނިއުކްލިއާ ބިރުވެރި ކަމެއް ފަދަ ކުޅުންތެރިޔެއް ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ޔުނައިޓެޑު އަދި ލިވަޕޫލް ބައްދަލުކުރާ މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން މޮރީނިއޯ ބުނީ މެޗަކަށް ނިކުތުމުގެ ކުރިން އަބަދު ވެސް އިދިކޮޅު ޓީމުގެ ފެންވަރު ދެނެގަންނަ ކަމަށާއި، ލިވަޕޫލްގެ ފެންވަރު ވެސް ބަލާފައި ވާނެ ކަމަށެވެ.

އެގޮތުން މޮރީނިއޯ ބުނީ ސަލާހު އަކީ ޔުނައިޓެޑަށް ހުރި ނިއުކްލިއާ އެއް ފަދަ ބިރުވެރި ކަމެއް ކަމަށާއި، އެއީ ވަރަށް ހަލުވި، އަދި ވަރަށް ހުނަރުވެރި ކުޅުންތެރިޔެއް ކަމަށެވެ.

މޮރީނިއޯ ބުނީ މިހާރު ސަލާހު ކުޅެމުންދާ ފެންވަރުގައި އޭނާ އަށް ކޮންމެ ޓީމަކަށް ވެސް ކުޅެވިދާނެ ކަމަށާއި، އޭނާ އަކީ އެއްވެސް ޓީމެއް ދެކެ ޖެހިލުންވާ ކުޅުންތެރިޔެއް ނޫން ކަމަށެވެ.

ސަލާހު އަށް މޮރީނިއޯ ތައުރީފް ކޮށްފައިވާ އިރު، އޭނާ ވަނީ މި ސީޒަނުގައި މިހާތަނަށް ލިވަޕޫލް އަށް ކުޅުނު 23 މެޗުގައި 13 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ ލިވަޕޫލް މެޗުތަކުން މޮޅުވިޔަ ދިނުމަށް ބޮޑު އެހީތެރިކަމެއް ވެދީފައެވެ.

ޔުނައިޓެޑު އަދި ލިވަޕޫލް ބައްދަލުކުރާ މެޗު ފަށާނީ އާދީއްތަ ދުވަހުގެ ރޭ 21:00 ޖަހާއިރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް