ކ. މާލެ
|
15 ޑިސެންބަރ 2018 | ހޮނިހިރު 20:07
އިންޓައަށް ކުޅެމުން އަންނަ އިކާޑީ
އިންޓައަށް ކުޅެމުން އަންނަ އިކާޑީ
ގޫގުލް
މައުރޯ އިކާޑީ
އިކާޑީގެ އެއްބަސްވުން އާކުރަނީ!
އިކާޑީގެ އެއްބަސްވުން ހަމަވާނީ 2020

އިންޓަ މިލާނަށް ކުޅެމުން އަންނަ މައުރޯ އިކާޑީ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކުރަން އުޅޭކަމުގެ އިޝާރާތެއް އޭނާގެ އެޖެންޓް އަދި އަނބިމީހާ ވަންޑާ ނާރާ ބުނެފިއެވެ.

އިކާޑީގެ ޓްރާންސްފާއާ ގުޅިގެން މީޑިއާތަކުގައި ތަފާތު ވާހަކަތައް ފެތުރެމުންދާ ދަނޑިވަޅެއްގައި ހުކުރު ދުވަހު ނާރާ ކުރި ޓުވީޓެއްގައި ބުނީ އިކާޑީގެ އާ އެއްބަސްވުމުގެ ގަނޑުތައް ކިޔާފައިވާ ކަމަށެވެ. އިޓަލީ ބަހުން ކޮށްފައިވާ މި ޓުވީޓުގައި އޭނާ ވަނީ އިކާޑީ ޓެގުވެސް ކޮށްފައެވެ.

ނާރާގެ މި ޓުވިޓާއެކު އިންޓަގައި އިކާޑީ މަޑުކުރާނެ ކަމަށް ވަނީ ބެލެވިއެވެ. އަދި ވަރަށް އަވަހަށް އާ އެއްބަސްވުމުގައި އިކާޑީ ސޮއިކުރާނެ ކަމަށްވެސް ބެލެވެއެވެ.

އިކާޑީގެ އެއްބަސްވުން 2021 ވަނަ އަހަރު ހަމަވާއިރު، އޭނާގެ ރިލީޒް ފީ އަކަށް އިންޓަ އިން ކަނޑައަޅާފައިވަނީ 110 މިލިއަން ޔޫރޯއެވެ.

އޭނާ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ ސްޕެއިންގެ ރެއާލް މެޑްރިޑުންނެވެ. އެގޮތުން ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާއަށް އަމާޒުކޮށް އެޓީމުން އަންނަނީ އިކާޑީ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

އިންޓަގެ އެއްބަސްވުން އިކާޑީ އާކުރާނެ ކަމާމެދު ޝައްކު ނުކުރާ ކަމަށް މި އަހަރު ކުރީކޮޅު ނާރާ ވަނީ ބުނެފައެވެ. އޭރު އޭނާ ބުނީ، އިކާޑީ ބޭނުން ވަނީ ދުނިޔޭގެ އެންމެ މޮޅު ކްލަބްތަކުގެ ތެރޭގައި އިންޓަ ހިމެނުން ކަމަށެވެ.

ސަމްޕްޑޯރިއާއިން ސީނިއާ ކެރިޔަރު ފެށި އިކާޑީ އިންޓައާ ގުޅުނީ 2013 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އިންޓައަށް ކުޅުނު 200 މެޗުގައި 119 ލަނޑު ކާމިޔާބުކޮށްފައެވެ.
އުމުރުން 25 އަހަރުގެ އިކާޑީ ވަނީ އާޖެންޓީނާ ގައުމީ ޓީމަށް މިހާތަނަށް 8 މެޗު ކުޅެފައެވެ. އޭނާ ވަނީ އިޓާލިއަން ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު އެއްފަހަރު ހޯދާފައެވެ.

އިޓާލިއަން ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ، އިކާޑީ ވަނީ ފާއިތުވެދިޔަ ދެ ސީޒަނުގައިވެސް ސްޕެޝް ލީގުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް