ކ. މާލެ
|
19 ޑިސެންބަރ 2018 | ބުދަ 21:48
ދިގު ފެތުމުގެ ބައިވެރިން ފޮޓޯ އަކަށް ހުއްޓިލައިގެން
ދިގު ފެތުމުގެ ބައިވެރިން ފޮޓޯ އަކަށް ހުއްޓިލައިގެން
އަލީ ސަމާޚް
ދިގު ފެތުން
ދިގު ފެތުން ކުރިއެރުވުމުގެ ގޮތުން ހަރަކާތެއް ބާއްވައިފި
5.2 ކިލޯމީޓަރަށް ވަނީ ފަތާފައި

ދިގު ފެތުން ކުރިއެރުވުމުގެ ގޮތުން ފެތުމުގެ ހަރަކާތެއް ބާއްވައިފިއެވެ.

ހުކުރު ދުވަހު ބޭއްވި ފެތުމުގެ މި ހަރަކާތުގައި ބައިވެރިވި ފެތުން ތެރިން ވަނީ ކުރުނބާ މޯލްޑިވްސް ރިސޯޓުން ފެށިގެން މާލެއަށް ފަތާފައެވެ.

ސްވިމް މޯލްޑިވްސް މޫވްމެންޓް އަދި ކުރުނބާ މޯލްޑިވިސް ގުޅިގެން ކުރިޔަށް ގެންދިޔަ މި ފެތުމުގައި ހަރަކާތް ސްޕޮންސާ ކޮށްފައި ވަނީ ސުޒުކީ މެރިން އިންނެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ސްޕޯޓްސް ކައުންސިލްގެ މެމްބަރު އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސެއިން ޝަމީމް ވިދާޅުވީ، މި ހަރަކާތުގައި 40 ފެތުންތެރިން ބައިވެރިވެފައިވާ ކަމަށާއި، އެ އަދަދަކީ މި ހަރަކާތުގައި ބައިވެރިވާނެ ކަމަށް ބެލެވުނު އަދަދަށްވުރެ އިތުރު އަދަދެއް ކަމަށެވެ. އެގޮތުން ޝަމީމް ވިދާޅުވީ، މި ހަރަކާތުގައި 5.2 ކިލޯ މީޓަރަށް ފަތާފައިވާ ކަމަށާއި، ފެތުން ނިންމާލަފައި ވަނީ އެއް ގަޑިއިރާ 49 މިނަޓުން ކަމަށެވެ. 

މީގެއިތުރުން ޝަމީމް ވިދާޅުވީ، އެބޭފުޅުންގެ ވިސްނުމަކީ ކޮންމެ މަހަކު އެއްފަހަރު މި ފަދަ ފެތުމެއް ބޭއްވުން ކަމަށެވެ. ޝަމީމް އަކީ މި ހަރަކާތް ރޭވުމުގައި އިސްކޮށް ހަރާކާތްތެރިވެލެއްވި ބޭފުޅެކެވެ. އެގޮތުން އަންނަ އަހަރުގެ ޖެނުއަރީ މަހު ވެސް މި ހަރަކާތް ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. 

 " އަޅުގަނޑުމެންގެ ވިސްނުމަކީ އިރާދަކުރެއްވިއްޔާ ރާއްޖޭގައި ކޮންމެ މަހަކު އެއްފަހަރު މިކަހަލަ ކޮންމެ ވެސް ފެތުމެއް ރާވަން. އެއީ އަޅުގަނޑުމެން އެބަހުރި ބައިވަރު ރަށްރަށް އެއް ރަށުން އަނެއްރަށަށް ފަތަން. މިސާލަކަށް މާފުށިން ގުޅިއަށް ވެސް ދެވިދާނެ. ގުޅިން ތުލުސްދޫ އަށް ވެސް ދެވިދާނެ. ގުޅިން ގުރައިދޫ އަށް ވެސް ދެވިދާނެ. މިހެން ގޮސް ބައިވަރު ރަށްރަށް އެބަހުރި. އެހެންވީމަ އަޅުގަނޑުމުންގެ ކުރި އަށް ހުރި ބައިވަރު ޕްރޮގްރާމްތައް ރެވިފައި އެބަހުރި." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވަނީ މި ހަރަކާތް ފުރިހަމަ ކަމާއެކު ނިންމާލުމަށް އެއްބާރު ލުން ދިން ކުރުނބާ މޯލްޑިވެސްގެ އިތުރުން ފުލުހުންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.  

މި ހަރަކާތުގައި ބައިވެރިވި މަޝްހޫރު ދުވުންތެރިޔާ އާތިފް އަހުމަދު ބުނީ، މި ހަރަކާތުގެ ސަބަބުން ރާއްޖޭގައި ދިގު ފެތުން ކުރިއަރައިގެން ދާނެ ކަމަށާއި، މިފަދަ ހަރަކާތެއް ބޭއްވުމުން އުފާވާ ކަމަށެވެ. އަދި މިއީ ވަރަށް ތަފާތު ތަޖުރިބާ އެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. 

ފެތުމުގެ ބައިވެރިންނާއި ބައްދަލު ކުރަން އެއް ނަމްބަރު ޖެޓީ އަށް ވަޑައިގެން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި ފަދަ ހަރަކާތްތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އިތުރަށް ކުރިއަރައިގެން ދާނެކަމަށެވެ.

 " އަޅުގަނޑު ދެކޭ ގޮތުގައި މީ ދިވެރިރާއްޖެއާ ވަރަށް ގުޅުން ހުރި ކުޅިވަރެއް. މި ކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އަދި ރީތިކަން. އަދި ރާއްޖޭގެ ރައްޔިތުންގެ ހަޝި ހުކަން ވަރަށް ރަނގަޅަށް ހާމަ ކުރެވޭނެ. މި ކަން އިންތިޒާމް ކުރުމުގައި އުޅުއްވަނީ އުސްތާޒު ޝަމީމް. އަޅުގަނޑު ދެކޭ ގޮތުގައި މީ ވަރަށް ބޮޑު އިސްނެންގެވުމެއް " މިނިސްޓަރު ވިދާޅުވިއެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް