ކ. މާލެ
|
10 ފެބްރުއަރީ 2017 | ހުކުރު 04:11
އެމްޑީޕީގެ އިންތިހާބު ކޮމިޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް  މަނިކު
އެމްޑީޕީގެ އިންތިހާބު ކޮމިޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު
ރާއްޖެއެމްވީ
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތ
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގެ ވޯޓުލުން ފެށޭނީ ހުކުރު ދުވަހު މެންދުރުފަހު 2 ޖަހާއިރު

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ ވާދަވެރި ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން ކަމަށް އެމްޑީޕީގެ އިންތިހާބު ކޮމިޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު ވިދާޅުވެއްޖެ އެވެ.

 

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ބުރާސްފަތި ދުވަހުގެ ރޭ ވާހަކަދައްކަވަމުން އިބްރާހިމް މަނިކު ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބަކީ ވަރަށް ހުޅުވާލެވިގެން ކުރިއަށްދާނެ އިންތިޚާބެއް ކަމަށާއި އެހެން ޕާޓީތަކުންވެސް އައިސް މި އިންތިޚާބު މޮނިޓަރ ކުރުމުގެ ފުރުޞަތުވެސް ހުޅުވާލާފައިވާ ކަމަށެވެ.

 

އެމްޑީޕީން މި އިންތިޚާބުގައި ވޯޓްލުމުގެ ކަންކަން ކުރިއަށްދާ ގޮތް އެހެން ޕާޓީތަކުންވެސް ދަސްކުރަންޖެހޭ ކަމަށާއި އެމްޑީޕީއަކީ ޑިމޮކްރަސީގެ ރިވެތި ގޮތްތަކާއި އެކީ ކަންކަން ކުރަމުންދާ ޕާޓީއަކަށްވާތީ މިވޯޓްގެ ކަންކަން ކުރިއަށްދާގޮތް މޮނިޓަރކޮށް އެކަން ދަސްކުރަންޖެހޭ ކަމަށް އިބްރާހިމް މަނިކު ވިދާޅުވި އެވެ.

 މިއިންތިޚާބުގެ ހުރިހާ ކަމެއްވެސް މޮނިޓަރ ކުރުމަށް މީޑިޔާތަކަށްވެސް ހުޅުވާލާފައިވާއިރު ވޯޓްލުން ކުރިއަށްދާ ވަގުތު ފުލުހުންވެސް އެބޭފުޅުންގެ ފުރިހަމަ ޒިންމާ އަދާ ކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

 

"ތަންތަން ހޯދައިގެން ވޯޓް ލާންދާއިރު މީހުން އެއްވިޔަސް ޤަބޫލުކުރާ ހިތް އޮތީ ފުލުހުންވެސް އެބޭފުޅުންގެ ޒިންމާ އަދާކުރާނެ ކަމަށް. ރަށްރަށުގައި ބެހެއްޓިފައި ހުންނާނީ އެމްޑީޕީގެ ހަރުގެ ތަކުގައި. އަދި އަތޮޅު ތެރޭގެ މެމްބަރުން ވޯޓްލުން ކުރިއަށްދާނީ އެމްޑީޕީގެ މާލެ ހަރުގޭގައި." އިބްރާހިމް މަނިކު ވިދާޅުވި އެވެ.

 

ވޯޓްލުން މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކުރިއަށްދާއިރު މާލޭގައި ދިރިއުޅޭ އަތޮޅު ތެރޭގެ މެމްބަރުން ވޯޓްލުމަށްޓަކައި ހަރުގޭގައި ވޯޓްފޮށި ބެހެއްޓިފައި ހުންނާނެ ކަމަށާއި މީގެ އިތުރުން ވިލިމާލެއާއި ހުޅުމާލޭގައިވެސް ވޯޓް ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

 

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ވަރަށް ފޯރީގައި މަސައްކަތް ކުރަމުންދާއިރު އިލެކްޝަން ކޮމިޝަނުންވެސް ޖެއްސުންބޮޑުކޮށް ބައެއް ކެންޑިޑޭޓުންގެ ފޯމް ބާތިލް ކުރަމުންދާ ކަމަށް ފާހަގަކުރިއެވެ. އެހެންނަމަވެސް އެމްޑީޕީން ދާނީ އަބަދުވެސް ކުރިއަށް ކަމަށާއި ވަރަށް ފޯރީގައި ކައުންސިލް އިންތިޚާބަށް ހުރިހާ ސަރަހައްދަކުންވެސް ތައްޔާރުވަމުންދާ ކަމަށް އިބްރާހިމް މަނިކު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތި ލައްވާފައިވަނީ އަލްއުސްތާޒް ހަސަން ލަތީފެވެ. ވޯޓުލުން އޮންނާނީ ފެބްރުއަރީ 10 ވާ ހުކުރު ދުވަހުއެވެ.

ޗެއަރޕާސަން އިންތިޚާބުގައި ހުކުރު ދުވަހުގެ ވޯޓުގައި މިހާރު ކޮޅުނބުގައި ހުންނެވި ރައީސް ނަޝީދުވެސް ވޯޓު ލައްވާނެ ކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. މި އިންތިޚާބުގެ ވޯޓުލުން ކޮޅުނބުގައިވެސް ކުރިއަށް ދާނެއެވެ.

- ކޮމެންޓް