ކ. މާލެ
|
10 ޑިސެންބަރ 2018 | ހޯމަ 00:08
އާސެނަލް އަށް ކުޅެމުން އަންނަ ޑެނީ ވެލްބެކް
އާސެނަލް އަށް ކުޅެމުން އަންނަ ޑެނީ ވެލްބެކް
ގެޓީ އިމޭޖަސް
ޑެނީ ވެލްބެކް
ވެލްބެކަށް ގަލަސަތަރާއި އިން ފާރަލަނީ!
ވެލްބެކްގެ އެއްބަސްވުން މި ސީޒަނަށްފަހު ހަމަވާނެ

އާސެނަލް އަށް ކުޅެމުން އަންނަ ޑެނީ ވެލްބެކަށް ގަލަސަތަރާއި އިން ފާރަލަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޑެއިލީ މިރާ އިން ބުނީ، މި ސީޒަނަށްފަހު އާސެނަލްއާއެކު ވެލްބެކް ހަދާފައިވާ އެއްބަސްވުން ހަމަވާނެ ކަމަށާއި، އެއްބަސްވުން އާކުރަން އާސެނަލް އިން ނުވިސްނާ ކަމަށެވެ.

އެގޮތުން މިވަގުތު އަނިޔާގައި ހުރި ވެލްބެކް ރިކަވާވެ، އަލުން ކުޅުމުގެ ތެރެއަށް އައުމުގެ ކުރިން ފްރީ ޓްރާންސްފާއެއްގެ ދަށުން ގަލަސަތަރާއި އަށް ވިއްކާލަން އާސެނަލް އިން އެއްބަސްވާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އޭނާ ރިކަވާ ވާނެ ކަމަށް ބެލެވެނީ މި ސީޒަން ނިމޭ ހިސާބަށެވެ.

މެންޗެސްޓާ ޔުނައިޓެޑުން 2008 ވަނަ އަހަރުގެ ސީޒަނުގައި ކެރިޔަރު ފެށި ވެލްބެކް ވަނީ އެޓީމަށް ކުޅުނު 142 މެޗުގައި 29 ލަނޑު ޖަހާފައެވެ. އޭނާ ވަނީ އެ ކްލަބުގައި ހުރެ ލޯން އެއްބަސްވުމެއްގެ ދަށުން ސަންޑަލޭންޑަށްވެސް ކުޅެފައެވެ.

ޔުނައިޓެޑު ދޫކޮށް ވެލްބެކް އާސެނަލްއާ ގުޅުނީ 2014 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ އެ ކްލަބަށް ކުޅުނު 126 މެޗުގައި 32 ލަނޑު ކާމިޔާބުކޮށްފައެވެ.

ޔުނައިޓެޑާއެކު ޕްރިމިއާ ލީގު، ފުޓުބޯޅަ ލީގް ކަޕް، ފީފާ ކްލަބް ވޯލްޑް ކަޕް އަދި ދެ އެފްއޭ ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައިވާ ވެލްބެކް ވަނީ އާސެނަލްއާއެކު މިހާތަނަށް އެފްއޭ ކަޕް އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައެވެ.

އިނގިރޭސި ގައުމީ ޓީމަށް ކުޅުނު 42 މެޗުގައި 16 ލަނޑު ކާމިޔާބުކޮށްފައިވާ ވެލްބެކް ވަނީ އެޓީމާއެކު މި އަހަރު ފީފާ ކްލަބް ވޯލްޑް ކަޕްގެ ހަތަރުވަނަ ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް