ކ. މާލެ
|
10 ޑިސެންބަރ 2018 | ހޯމަ 19:40
ބާސާ އަށް ކުޅެމުން އަންނަ ޑެނިސް ސުއަރޭޒް
ބާސާ އަށް ކުޅެމުން އަންނަ ޑެނިސް ސުއަރޭޒް
ގެޓީ އިމޭޖަސް
ޑެނިސް ސުއަރޭޒް
ޗެލްސީން ސުއަރޭޒް ގެންނަން ޝައުގުވެރިވޭ
ސުއަރޭޒް ގެންނަނީ ފެބްރިގާސްގެ ރިޕްލޭސްމަންޓަށް

ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފިލްޑަރު ޑެނިސް ސުއަރޭޒް އަށް ޗެލްސީން ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސުއަރޭޒް އަށް ޝައުގުވެރިކަން ފާޅުކޮށް، ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާ އަށް އަމާޒުކޮށް އޭނާ ހޯދުމަށް ޗެލްސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން އުމުރުން 24 އަހަރުގެ ސުއަރޭޒް ގެންނަން ޗެލްސީން ބޭނުން ވަނީ އެ ކްލަބަށް ކުޅެމުން އަންނަ ސެސް ފެބްރިގާސް ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި އޭސީ މިލާނަށް ވިއްކާލުމަށް ފަހު އޭނާގެ ރިޕްލޭސްމަންޓަށެވެ.

މެންޗެސްޓާ ސިޓީން 2011 ވަނަ އަހަރުގެ ސީޒަނުގައި ސީނިއާ ކެރިޔަރު ފެށި ސުއަރޭޒް ވަނީ ސެވިއްޔާ އަދި ވިޔަރެއާލް އަށް ކުޅެފައެވެ. އޭނާ ވަނީ ބާސާ އަށް މިހާތަނަށް ކުޅުނު 66 މެޗުގައި 8 ލަނޑު ވެސް ކާމިޔާބުކޮށްފައެވެ.

ބާސާއާ އެކު ސްޕެނިޝް ލަލީގާ އެއްފަހަރު، ކޮޕާ ޑެލްރޭ ދެފަހަރު އަދި ދެ ސްޕެނިޝް ސުޕާ ކަޕް ކާމިޔާބުކޮށްފައިވާ ސުއަރޭޒް ވަނީ ސެވިއްޔާއާ އެކު ޔޫރޮޕާ ލީގު ވެސް ކާމިޔާބުކޮށްފައެވެ.

ސްޕެއިންގެ 19 އަހަރުން ދަށުގެ ޓީމާއެކު 2012 ވަނަ އަހަރު ޔޫރޯ ކާމިޔާބު ކޮށްފައިވާ ސުއަރޭޒް ވަނީ ސްޕެއިންގެ އުމުރުފުރާތަކުގެ ޓީމުތަކުގެ އިތުރުން ސީނިއާ ޓީމަށް ވެސް ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް