ކ. މާލެ
|
9 ޑިސެންބަރ 2018 | އާދީއްތަ 06:18
މޮޅުވި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ޑޭވިޑް ލުއިޒް އުފާ ފާޅުކުރަނީ
މޮޅުވި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ޑޭވިޑް ލުއިޒް އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއަރ ލީގު
ސިޓީއަށް މި ސީޒަނުގައި ޕްރިމިއަރ ލީގުގެ ފުރަތަމަ ބަލި
ޗެލްސީއާއި ކުޅެގެން ބަލީވީ 0-2 ގެ ނަތީޖާއަކުން

ވާދަވެރި ޗެލްސީއާއި ކުޅެގެން މެންޗެސްޓަރ ސިޓީއިން މި ލީގު ސީޒަންގެ ފުރަތަމަ ބައްޔާ ކުރިމަތި ލާން ޖެހިއްޖެއެވެ.

ޗެލްސީގެ ސްޓެމްފަރޑް ބްރިޖުގައި ކުޅުނު މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ ސިޓީއިންނެވެ. ނަމަވެސް ފުރަތަމަ ހާފް ނިމެން ގާތްވެފައި ވަނިކޮށް، ހަޒާޑް ދިން ޕާހަކުން ޗެލްސީއަށް މެޗުގެ ލީދު ނަގައިދިނީ ކާންޓޭއެވެ.

ދެވަނަ ހާފު ފެށިގެން ވެސް ގިނަ އިރުތަކެއް ވަންދެން ބޯޅަ ގެންގުޅުނެއް ކަމަކު ސިޓީއަށް މާ އެދެވޭ ވަރުގެ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. ނަތީޖާއަކަށް ވީ މެޗުގެ 78 ވަނަ މިނިޓުގައި ޗެލްސީއަށް ލިބުނު ކޯނަރަކުން ޑޭވިޑް ލުއިޒް އެ ޓީމުގެ ލީޑު ފުޅާކުރުމެވެ.

މެޗު ނިމުމަށް ފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައި ވަނީ މެޗުން ބަލިވާން ދިމާވީ ސަބަބަކީ ލިބުނު ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ނުހިފުން ކަމަށެވެ. ޗެލްސީގެ ޑޭވިޑް ލުއިޒް ބުނެފައިވަނީ މި ކަމިޔާބީގެ ސިއްރަކީ އެ ޓީމުގެ ކުޅުންތެރިންގެ ހިތްތިރިކަމާއި ބުރަ މަސައްކަތް ކަމަށެވެ.

މި ނަތީޖާގެ ސަބަބުން ސިޓީ މިހާރު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް ލިވަޕޫލްއާއި ސިޓީއާއި އޮތީ އެއްމެ ޕޮއިންޓެއްގެ ފަރަގެވެ. މި މެޗުން މޮޅުވުމުން ޗެލްސީ ވަނީ ލީގު ތާވަލުގެ ދެވަނައަށް އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް