ކ. މާލެ
|
8 ޑިސެންބަރ 2018 | ހޮނިހިރު 12:22
އިންޓަ މެޗަށްފަހު ޔުވަންޓަސް ކުޅުންތެރިން އުފާފާޅުކުރަނީ
އިންޓަ މެޗަށްފަހު ޔުވަންޓަސް ކުޅުންތެރިން އުފާފާޅުކުރަނީ
ޓްވިޓަރ
އިޓާލިއަން ލީގު
އިޓާލިއަން ލީގު: އިންޓަ ބަލިކޮށް ޔުވަންޓަސް ލީޑު ފުޅާކޮށްފި
އިންޓަގެ މައްޗަށް ޔުވަންޓަސް ކުރިހޯދީ 0-1 ގެ ނަތީޖާއަކުން
ޔުވަންޓަސް އެއްވަނައިގައި އޮތީ 11 ޕޮއިންޓްގެ ލީޑަކާއެކު

އިޓާލިއަން ލީގުގައި އިންޓަ މިލާން ބަލިކޮށް ޔުވަންޓަސް އިން ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފިއެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު އިންޓައާ ވާދަކޮށް ޔުވަންޓަސް އިން މެޗު ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

ޔުވަންޓަސް ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުން ދިޔައީ އެ ޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ އިންޓަގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ހޯދާފައެވެ.

މި ހާފްގައި އިންޓަ އަށް ވެސް ވަނީ ލަނޑު ޖެހުމަށްވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެހެންނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އިންޓަ އަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމުވެސް އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ޔުވަންޓަސްއިންނެވެ. އެގޮތުން އެޓީމުން ވަނީ އިންޓަގެ ގޯލަށް ނުރައްކާކޮށް ހަމަލާތައް ފޮނުވާލާފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 66 ވަނަ މިނެޓުގައި ޔުވަންޓަސް އަށް ކާމިޔާބުކޮށްދިނީ މާރިއޯ މަންޒުކިޗްއެވެ. މި ލަނޑަށްފަހުވެސް ޔުވަންޓަސް އަށް ވަނީ ލީޑު ފުޅާކުރުމަށް ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

މީގެއިތުރުން މި ހާފްގައިވެސް އިންޓަ އަށް ލަނޑު ޖެހުމަށް ފުރުސަތުތައް ލިބުނުއިރު، އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

މި ނަތީޖާއާއެކު ޔުވަންޓަސް އޮތީ ކުޅުނު 15 މެޗުން ލިބުނު 43 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި އިންޓަ އޮތީ ކުޅުނު 15 މެޗުން ލިބުނު 29 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނާގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް