ކ. މާލެ
|
6 ޑިސެންބަރ 2018 | ބުރާސްފަތި 15:24
ރެއާލް އަށް ކުޅެމުން އަންނަ އިސްކޯ
ރެއާލް އަށް ކުޅެމުން އަންނަ އިސްކޯ
ޓްވިޓަރ
އިސްކޯ
އިސްކޯ އަށް ޔުވަންޓަސް އިން ބިޑުކުރަން ތައްޔާރުވަނީ!
އިސްކޯ އަށް ގިނަ ކްލަބްތަކުން ޝައުގުވެރިވޭ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އިސްކޯ އަށް ޔުވަންޓަސް އިން ބިޑުކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން އިސްކޯ އަށް ޔުވަންޓަސް އިން ވަނީ ޝައުގުވެރިވެފައެވެ. އެގޮތުން ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާއާ އަމާޒުކޮށް، އެ ކްލަބުން އަންނަނީ އޭނާ އަށް ބިޑުކުރަން ތައްޔާރުވަމުންނެވެ.

އުމުރުން 26 އަހަރުގެ އިސްކޯ އަށް ރެއާލްގެ ފުރަތަމަ 11 އިން ފުރުސަތު ނުލިބުމުން، އޭނާ އެ ކްލަބް ދޫކޮށްލަން އުޅޭ ކަމަށް ރިޕޯޓްތައް ބުނަމުންއ އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ.

އެގޮތުން ބެލެވޭ ގޮތުގައި ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށް، އިސްކޯ އެހެން ކްލަބަކަށް ބަދަލުވުމަކީ ވަރަށް ކައިރިކަމެކެވެ.

ވެލެންސިއާ އިން ކެރިއަރު ފެށި އިސްކޯ ވަނީ މަލާގާ އަށް ވެސް ކުޅެފަ އެވެ. އެގޮތުން އޭނާ ވަނީ މަލާގާއާ އެކު ހޭދަކުރި ދެ ސީޒަނުގައި އެޓީމަށް ކުޅުނު 82 މެޗުގައި 17 ލަނޑު ކާމިޔާބުކޮށްފައެވެ. މަލާގާ ދޫކޮށްލުމަށް ފަހު އިސްކޯ ރެއާލްއާ ގުޅުނީ 2013 ވަނަ އަހަރެވެ.

އޭނާ ވަނީ އެ ކްލަބުގައި މިހާތަނަށް ހޭދަކުރި ހަތަރު ސީޒަނުގައި ކުޅުނު 254 މެޗުގައި 43 ލަނޑު ކާމިޔާބުކޮށް، ލަލީގާ، ސްޕެނިޝް ސުޕަރ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ފީފާ ކްލަބް ވާރލްޑްކަޕް ތިންފަހަރު، ޔުއެފާ ސުޕާ ލީގު ތިން ފަހަރު އަދި ކޮޕާޑެލްރޭ ކާމިޔާބުކޮށްފައެވެ.

ކްލަބް ލެވެލްގައި ގިނަ ކާމިޔާބީތައް ހޯދާފައިވާ އިސްކޯ ވަނީ ސްޕެއިންގެ 21 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯ ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން އޭނާ ވަނީ 17 އަހަރުން ދަށުގެ ފީފާ ވާރލްޑްކަޕްގެ ތިންވަނަ ސްޕެއިންއާ އެކު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް