ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭވެހޭނެތީ މެދުރާއްޖެ ތެރޭގެ ދެ އަތޮޅު ކަމަށްވާ، ކ. އަތޮޅުން ފެށިގެން އއ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުދަ ދުވަހު ނުވަ އަތޮޅަކަށް ވައިޓް އެލާޓް ނެރެފައި ވަނިކޮށް، މޫސުން އިތުރަށް ގޯސްވުމުގެ ސަބަބުން ބުދަ ދުވަހުގެ މެންދުރުފަހު ވަނީ މެދު ރާއްޖެތެރެއަށް ޔެލޯ އެލާޓް ނެރެފައެވެ. އެގޮތުން ކ. އަތޮޅުން ފެށިގެން އއ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އެ ދެ އަތޮޅަށް ނެރުނު ޔެލޯ އެލާޓްގެ މުއްދަތު ދެމި އޮންނާނީ ތިން ގަޑިއިރަށެވެ.
މެޓު އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ.
ވައިޖެހޭނީ އިރުއުތުރާއި އިރުން، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 05 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 03 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ވަނީ ބުނެފައެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ބުންޏެވެ.